ހުޅަންގުގެ އައްސޭރީގެ ތުލްކުރަމްކޭމަޕަށް އިސްރާއީލުން ދީފައިވާ ގެއްލުން:ފޮޓީ/ އަލް-ޖަޒީރާ
ދުނިޔެ
29 Aug 2024 | 12:46
އިސްރާއީލުން ހުޅަނގު އައްސޭރިއަށް ވަރުގަދަ ހަމަލާތަކެއް

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލު ސިފައިންގެ އެތައް ސަތޭކަ ބަޔަކު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރި ގައިވާ ޖެނީން، ތުލްކަރަމް އަދި ތޫބާސް ކައިރީގައި އޮންނަ ފަރާ ރެފިއުޖީ ކޭމަޕްގައި ބޮޑު ގަތުލުއާންމެއް ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފާއިތުވި 20 އަހަރުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ މުޖާހިދުންނަށް ދިން އެންމެ ބޮޑު ޙަމަލާއަކީ މީކަމަށާއި ސަލާމަތީ ބާރުތަކަށް ނުރައްކާވާ ފަދަ ހަތިޔާރުއެޅި “ޓެރަރިސްޓުންނަށް” އަމާޒުކޮށް ދިން ޙަމަލާއެއްކަމަށް ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުގެ ސިފައިން ވަނީ ބުނެފައެވެ.

މި ގަތުލި އާންމަށް 33 ގަޑިއިތައްވުރެ ގިނައިރުވެފައިވާއިރު ފަލަސްޠީނުގެ 10 މީހުނަށްވެރެ ގިނަ މީހުންވަނީ ޝަހީދުކޮށްލައިފައެވެ.

އަދި މިއަދު ފަތިހު ތުލްކްރަމްގައި މުޖާހިދުންނާ އެތައް ގަޑިއިރުތަކެއްވާންދެން  ކުރިމަތިތަކެއްލުމަށްފަހު މުޖާހުދުން އިސްރާއީލުހެ ސިފައިންގެމީހުންތަކެއް ޒަހަމްކޮށްލުމުން އިޒްރާއީލުން މުޖާހިދުން ތިބި ގެއަށް މިސައިލު ހަމަލާއެއްދީ 5 މުޖާހިދުންވަނީ ޝަހީދުކޮށްލައިފައެވެ.

މީގެ ތެރޭގައި ތުލްކުރަމް ބެޓާލިއަންގެ ކޮމާންޑަރު މުހައްމަދު ޖާބިރު (އަބޫ ޝުޖާ) ވެސް ހިމެނެއެވެ. އަބޫ ޝުޖާ ވަނީ މިއަހަރު އޮކްޓޯބަރުމަހު 6 ވަނަދުވަހާއި މި އަހަރު މާޗް މަހު 3 ވަނަދުވަހާއި ޖުލައިމަހު 26 ވަނަ ދުވަހު ޝަހީދުކޮށްލަން އުޅެފައިވާ މުޖާހިދެކެވެ.

ތުލްކުރަމް ބެޓާލިއަންގެ އެންމެ އިސް ކޮމާންޑަރު ޝަހީދު އަބޫ ޝުޖާ

އަދި މީގެ އިތިރުން މިތަނުން އެއްމުޖާހިދުގެ ހަށިގަންޑުވަނީ ހައްދުފަހަނަ އަޅައިފައިވާ އިޒްރާއީލުން ވަނީ ވަގަށް ނަގާފައެވެ. އެއީ ތުލްކަރްމް ބްެޓާލިއަންގެ ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ބާައިރާޙް ޤަޞަޞައެވެ.

އަޒްރާއީލިން ވަގަށްނަގާފައިވާ ތުލްކަރްމް ބެޓަލިއަންގެ ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ބާައިރާޙް ޤަޞަޞަ

ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް ވަނީ އިސްރާއީލުގެ ހަމަލާ ކުށްވެރިކޮށް އެކަމުގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނެރެވޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޕީއޭގެ ރައީސް މަހްމޫދު އައްބާސް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަނީ އެނބުރި ފަލަސްތީނަށް ވަޑައިގަންނަވާފައެވެ.

ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕްތަކަށާއި އަވަށްތަކަށް އިސްރާއީލުން ދެމުން ގެންދާ ގަތުލިއާންމަކީ ކޮންމެ ދުވަހަކު ވެސް ހިނގާ ކަމެއް ކަމަށާއި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެ ހަމަލާތައް ވަނީ އިތުރުކޮށްފައިވާ ކަމަށް އަލް-ޖަޒީރާއިންވަނީ ބުނެފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހަކީ ހަމާސް އިން އޮޕަރޭޝަން އަލް އަޤްޞާ ފްލަޑް ފަށައި، އިޒްރޭލުގެ ދެކުނުގައި 1،139 މީހުން މަރާލައި، ގާތްގަނޑަކަށް 240 އެއްހާ މީހުން ހައްޔަރުކުރި ދުވަހެވެ.

އޭގެ ފަހުން އިސްރާއީލުން ވަނީ ޣައްޒާގައި 40،534 މީހުން ޝަހީދުކޮށްލައި އިތުރު 93،778 މީހުން ޒަޚަމްކޮށްލާފައެވެ.

އެ މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 662 މީހުން ޝަހީދުކޮށް، ގާތްގަނޑަކަށް 5،400 މީހުން ޒަޚަމްކޮށްލައިފި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.