ދައުރުވަމުންދާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް ---
ހަބަރު
29 Aug 2024 | 23:34
ބާރުގެ ބޭނުންކުރަންޖެހުނީ، އަންހެންމީހާގެ ފުރާނަ ސަލާމަތްކުރުމަށް: ފުލުހުން

މާލޭގައި މިރޭ ހިނގި ނުރައްކާތެރި ހާދިސާއެއްގައި އަންހެނަކު ރަހީނުކޮށް، އޭނާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެ އަންހެން މީހާ ސަލާމަތްކޮށްފައެވެ.

މިހާދިސާގެ މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ބާރުގެ ބޭނުންކުރަންޖެހުނީ، އަންހެންމީހާގެ ފުރާނަ ސަލާމަތްކުރުމަށްކަމުގައެވެ.

މާފަންނު ސަރަހައްދުގެ ގެއެއްގައި ފެށުނު މި ހާދިސާގައި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި، ފުލުހުންނަށް އިންޒާރުދެމުން ގެންދިޔަ ފިރިހެނާ ވަނީ އަންހެން މީހާ ގޮވައިގެން ސައިކަލެއްގައި ފިލަން މަސައްކަތްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯ ފުޓޭޖްތަކުން ދައްކާގޮތުގައި، މަގުމަތީގައި ސައިކަލު ހުއްޓުވާލުމަށްފަހު، ފުލުހުން ވަނީ ފިރިހެނާގެ ބޮލުގައި މުގުރުން ޖަހައި، އޭނާ ބިންމައްޗަށް ވައްޓާލައި، އަންހެން މީހާ ސަލާމަތްކޮށްފައެވެ.

މި ހާދިސާގައި ފިރިހެނާއަށް އަނިޔާވެ، މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަންހެން މީހާއަށް ވެސް ކުދިކުދި އަނިޔާތަކެއް ވެފައިވާ ކަމަށާއި، އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އަންހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި، އޭނާ ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އޭނާގެ ކަރުގައި ވަޅި އެޅިފައި ނުވާ ކަމަށެވެ. އަދި ފިރިހެނާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް
ސަރީފް
ފުލުހުންތިޔަދެއްކެވީއެއްވެސްކަމެއްގައިފަހަތައްޖެހުމެއްނެތިކުރިއަރާކޮންމެދަދަނުރައްކާތެރިކަމަކުންރައްޔިތުމީހާސަލާމަތްކޮދިނުމުގައިފިސާރިކެރިގެންތިބޭނެކަން ސާބަސްދިވެހިފުލުން
30 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.