އަންހެންމީހާ ރަހީނުކުރުމުގެ ހާދިސާގެ ތެރެއިން...
ހަބަރު
29 Aug 2024 | 23:24
އަންހެންމީހާ ރަހީނުކުރި މީހާއަކީ، މިދިޔަ ވެރިކަމުގައި އަފްއާމް ލިބުނު މީހެއް

މާލޭގައި މިރޭ އަންހެނަކު ރަހީނުކުރި މީހާއަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އަފްއާމްގެ ދަށުން މިނިވަންވި މީހެއްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުން މިރޭ ވަނީ އަންހެނަކު ކަރުގައި ވަޅި ޖައްސަލައިގެން ރަހީނުކޮށްގެން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފައެވެ. މިރޭ އިރާކޮޅު މި ހާދިސާ ހިނގާފައިވަނީ މާފަންނު އޭއެމްޑީސީ ކައިރީގައެވެ. 

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މި ހާދިސާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ށ.މިލަންދޫއަށް ނިސްބަތްވާ އެރަށު ހެޕީލޭންޑް، އާދަމް އަހުތަރު ކަމަށެވެ. އަހުތަރަކީ ޝަރުތާއި އެކު އަދަބަށް ލުއިދިނުމާއި ގުޅިގެން ދޫކުރުމަށް - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު LA-CL/2022/39 އެންގުމުން، ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ނ) އިން ލިބިދޭ އިޙްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަފްއާމް ދީފައިވާ މީހެކެވެ.

މި ހާދިސާގައި ފުލުހުން އަހުތަރު ހައްޔަރުކޮށްފައިވަނީ، އަންހެންމީހާ ކަރުގައި ވަޅިޖައްސައިގެން ހުރެ ސައިކަލްގައި ދާންއުޅުމުގެ ތެރޭގައެވެ. އޭރު ސައިކަލް ދުއްވަން އިނީ އަންހެންމީހާއެވެ. އަހުތަރު އިނީ ސައިކަލް ފަހަތުގައި އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެންނެވެ. ފުލުހުން އަހުތަރު ހައްޔަރުކޮށްފައިވަނީ ސައިކަލްގައި ދާން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި މުގުރުބުރިން ޖަހައިގެންނެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ބާރުގެ ބޭނުންކުރަން ޖެހުނީ އަންހެންމީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.

ސައިކަލަށް އެރުމުގެ ކުރިންވެސް އަހުތަރު ވަނީ އެކި ފަހަރުމަތިން ގޭތެރޭގައިވެސް އެ އަންހެންމީހާ ރަހީނުކޮށްފައި ބަހައްޓައިގެން އަނިޔާކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެ އަންހެންމީހާ ސަލާމަތްކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ދެމީހުންނަށް އަނިޔާވިއިރު، އެ ދެމީހުންވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ވެހިކަލްގައި އެ ފިރިހެންމީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހަރަކާތެއް ނެތެވެ. ފިރިހެންމީހާއަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

މި ހާދިސާގައި އަންހެންމީހާއަށް ކޮންމެވެސް ވަރަކަށް އަނިޔާވިއިރު، އައިޖީއެމްއެޗަށް ގެންގޮސް އޭނާއަށް ފަރުވާދީފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާގެ ކަރުގައި ވަޅިއެޅިފަ ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ މިހާރު ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. 

ކޮމެންޓް
ދައިތަ
ފުލުހުން ބަރާބަރު. ތިޔަ ކަހަލަ ނުބައި ޖަނަވާރުންނާމެދު، މާރީތިކޮށް ކަންތަކެއް ނުކުރެވޭނެ. މުޖުތަޢަށް ބިރަކަށް ވެފައިވާ މީހުންގެ ބޮލުގައި ޖަހާތަމުން މަރުވިޔަސް އެއީ މައްސަލައެއްނޫން..
30 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.