ކްރީމީ ގާލިކް މަޝްރޫމް ޗިކަން
ލައިފްސްޓައިލް
01 Sep 2024 | 08:09
މިއޮތީ ވަރަށް މީރުކޮށް ކްރީމީ ގާލިކް ޗިކަން ތައްޔާރު ކޮށްލާނެ ގޮތް!

ކްރީމީ ގާލިކް ޗިކަން އަކީ ތައްޔާރު ކޮށްލުމަށް މާ ބޮޑު ބުރައެއް އުފުލަން ނުޖެހޭ، އަނގަޔަށް މީރު ކެއުމެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މި ޑިޝް ރެސްޓޯރަންޓް ތަކުން އޯޑަރ ނުކޮށް ގޭގައި ފަސޭހަ ކަމާއެކު ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

- 4 ބޯންލެސް ޗިކަން ބްރެސްޓް 

- 1/2 ސައި ސަމުސާ ލޮނު

- 1/4 ސައި ސަމުސާ އަސޭމިރުސް

- 1/4 ޖޯޑު ފުށް

- 2 މޭޒުމަތީ ސަމުސާ ތެޔޮ

- 2 މޭޒުމަތީ ސަމުސާ ބަޓަރު

- 4 ލޮނުމެދު (ކުދިކޮށް ކޮށާފައި)

- 200 ގްރާމް މަޝްރޫމް (ކޮށާފައި)

- 1 ޖޯޑު ޗިކަން ބްރޮތް

- 1 ޖޯޑު ހެވީ ކްރީމް

- 1 މޭޒުމަތީ ސަމުސާ ޑިޖޯން މަސްޓަޑް

- 1 މޭޒުމަތީ ސަމުސާ ވިނެގަރު

- 1/2 ސައިސަމުސާ ހިކި ތައިމް

- 1/2 ސައިސަމުސާ ހިކި ޕާސްލީ

- ޒީނަތްތެރިކުރުމަށް: ތާޒާ ޕާސްލީ (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

1. ކުކުޅު މަސްގަނޑުގެ ދެފަރާތުގައި ލޮނާއި އަސޭމިރުސް އުނގުޅާލާށެވެ. އެއަށްފަހު ފުށުގެ ތެރެއަށްލައި ރަނގަޅަށް ފުށް އުނގުޅާލުމަށްފަހު، އިތުރުވާ ފުށްކޮޅު ފޮޅާލާށެވެ.

2. ދެން ތަވައެއްގެ ތެރެއަށް ތެޔޮ އެޅުމަށްފަހު، ތެޔޮ ހޫނުވުމުން، ކުކުޅު އެއަށްލައި، ކޮންމެ ފަރާތެއް 4-5 މިނެޓު ވަންދެން ރަނގަޅަށް މުށިކުލަ އަރައި ރޯ ފިލަންދެން ކައްކާލާށެވެ.

3. އެއަށްފަހު، ކުކުޅު ތަވައިން ނަގައި، އެއަށް ބަޓަރު އަޅާފައި ވިރުވާލާށެވެ. ދެން ކުދިކޮށް ކޮށާފައިވާ ލޮނުމެދާއި ކޮށި މަޝްރޫމު އަޅާފައި، 4-5 މިނިޓު ވަންދެން ކައްކާލާށެވެ. މަޝްރޫމު ރަން މުށި ކުލައަށް އަރައި، އޭގެ ފެން ހިނދުމުން އުނދުން ނިވާލައި މަޝްރޫމް ތަވައިން ނަގާށެވެ.

4. ދެން ސޯސް ތައްޔާރު ކުރުމަށް، އެ ތަވައަށް ޗިކެން ބްރޮތް އަޅާފައި، ރަނގަޅަށް ކައްކާލާށެވެ. ދެން ހެވީ ކްރީމް، ޑިޖޯން މަސްޓަޑް، ވިނެގަރ، ހިކި ތައިމް އަދި ހިކި ޕާސްލީ އަޅާފައި އެއްކޮށްލާށެވެ. މި މިކްސްޗަރ އެކުލަވައިލުމަށްފަހު 5 މިނިޓު ވަންދެން ސޯސް އޮލަ ވަންދެން ކައްކާލާށެވެ.

5. ކައްކާފައިވާ ކުކުޅު ސޯސް ތަވައަށް ލުމަށްފަހު، ކުކުމައްޗަށް ސޯސް އަޅައި ރަނގަޅަށް ކުކުޅުގައި ސޯސް ލާށެވެ. ދެން އިތުރު 5 މިނިޓު ވަންދެން ކުކުޅު ސޯހުގެ ތެރޭގައި ކައްކާށެވެ. ކައްކަމުންދާއިރުވެސް ސަމުސަަލަކުން ކުކުޅު މައްޗަށް ސޯސް އަޅާށެވެ. ކްރީމީ މަޝްރޫމު ސޯސް ރަނގަޅަށް ކުކުޅު ތެރެއަށް ވަދެ ކެކުމުން އުނދުން ނިވާލާށެވެ.

ފަހު ކަމަކަށް ފްރެޝް ޕާސްލީ ކުދިކޮށް ކޮށާފައި ޑިޝް މައްޗަށް އަޅާލާށެވެ. ގާރލިކް މަޝްރޫމު ކްރީމް ސޯސް އަޅާފައިވާ ކުކުޅު، ބަތް ނުވަތަ ޕާސްޓާއާއެކު ނުވަތަ ވަކިން ކައްކާފައިވާ ތަރުކާރީއާއެކު ކާލަން ވަރަށްވެސް މީރު ވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.