މަރާލާފައިވާ ނިރުބަވެރިއާ
ދުނިޔެ
01 Sep 2024 | 09:39
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިންގެ މީހަކު މަރާލައިފި

ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުން ހިފާފައިވާ ފަލަސްޡީނުގެ ހުޅަންގުގެ އައްސޭރީގައިވާ ޖެނީންގައި އިޒްރާއީލުގެ ނިރުބަވެރި ސިފައިންގެ ކޮމާންޑަރެއް މަރާލާފައިވާކަމަށް އައިޑީއެފް އިން ބުނެފިއެވެ.

ޖިނީން ރެއިޑްކުރާތާ 4 ދުވަސްވެފައިވާއިރު އިއްޔެ އިސްރާއީލުގެ ސިފައިންގެ ނިރުބަވެރި ކޯމާންޑަރެއް ފަލަސްޡީނުގެ މިޖާހިދުން ވަނީ އެންބުޝް އެއްގައި މަރާލާފައެވެ.

ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުން ބުނެފައިވާގޮތުން ފަލަސްޡީނުގެ މުޖާހިދުންނާ ކުރިމަތިލުމުގެ ތެރޭގައި މަރާލާފައިވަނީ 906 ވަނަ ބެޓާލިއްގެ ޕްލެޓޫން ކޮމާންޑާ ސްޓާފް ސާޖަންޓް އެލްކާނާ ނަވޮން (20އ) އެވެ.

އަދި މީގެ އިތުރުން މި ކުރިމަތިލުމުގައި 906 ވަނަ ބެޓާލިއަންގެ ނިރުބަވެރިއެއް ވަރަށްބޮޑަށް ޒަހަމްވެފައިވާކަމަށްވެސް އިޒްރާއީލުން ވަނީ ބުނެފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ އެމީހުންގެ ނިރުބަވެރި ފައުޖެއް ޖެނިން ރެފިއުޖީ ކޭމްޕްގައި ހުންނަ ފަލަސްތީނުގެ ގެތަކަށް  ވަދެ ބަލައި ފާސްކުރިއިރަނިކޮށް ފަލަސްޡީނު މިނިވަންކުރަން ޖިހާދުކުރަމުންދާ ހަމާސްގެ ދެ ހަތިޔާރު އެޅި މުޖާހިދުން ވަނީ އިސްރާއީލުގެ ސިފައިންނަށް ކުރު ރާސްތާއަކުން ބަޑީގެ ވަރުގަދަ ހަމަލާއެއްދީފައިކަމަށެވެ.

އަދި މީގެ އިތުރުން އިޒްރާއީލުން ބުނެފައިވާގޮތުން މި ހަމަލާދީފައިވަނީ މީގެ ކުރިންވެސް އެތައް އޮޕަރޭޝަންތަކެއް ކުރިއަށްގެންގޮސްފައިވާ 2 މުޖާހިދުން ކަމަށްށެވެ.

ޖެނިންގައި ކުރިއަށްދާ އޮޕަރޭޝަންގައި އެ ސަރަހައްދުގެ މަގުތަކުން ގޮވާ ޒާތުގެ ތަކެތި ހޯދާފައިވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައިވެއެވެ.

ޖެނިންގައި ދިރިއުޅޭ ބައެއް ރައްޔިތުން އޭއެފްޕީއަށް ކިޔައި ދިން ގޮތުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ ދުނިޔެއާ އެކަހެރިކޮށްފައެވެ. ޖެނިން އަށް ފޯރުކޮށްދެމުން އަންނަ ފެން ކަނޑާލާފައިވާ އިރު، ކަރަންޓު ވެސް ނެތް ކަމަށް އޭނާ ކިޔައި ދިނެވެ.
"ފެން ވަނީ ކަނޑާލާފައި. ކަރަންޓު ވަނީ ކަނޑާލާފައި. ނަރުދަމާގެ ނިޒާމު މަސައްކަތެއް ނުކުރޭ. ހުރިހާ އިންފްރާސްޓްރަކްޗާ ވަނީ ހަލާކުކޮށްލާފައި. މި ތަނުގައި ލިބޭ ހިދުމަތެއް ނެތް. ބޭކަރީތައް ހުރީ ބަންދުކޮށްފައި. ކުޑަކުދިންނަށް ދޭނެ ކިރެއް ވެސް ނެތް،" ޖެނިންގެ ރައްޔިތެއް ކިޔައި ދިނެވެ.

އިޒްރާއީލިން ހިފާފައިވާ ފަލަސްޡީގުގައި މިދިޔަ 4 ދުވަސްތެރޭގައި 20 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި 17 މީހުން ހައްޔަރުކޮށްފައިވާކަމަށް ފަލަސްޡީނުގެ ހެލްތް މިނަސްޓްރީއިން ވަނީ ބުނެފައެވެ.

އަދި މިދިޔަ އަހަރު އޮކްޓޯބަރުމަހު 7 ވަނަ ދުވަހުން ފެށިގެން 670 އަށްވުރެގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.