އިސްރާއީލުގެ ނިރުބަވެރިން ޚަލީލްގެ ޗެކްޕޮއިންޓެއްގައި:ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ
01 Sep 2024 | 14:31
ފަލަސްޠީނުގެ ޚަލީލްގެ ޗެކްޕޮއިންޓެއްގައި 3 އިޒްރާއީލުގެ ނިރުބަވެރިން މަރާލައިފި

ފަހަސްޡީނުގެ ޚަލީލްގެ ޗެކްޕޮއިންޓެއްގައި 2 އިޒްރާއީލުގެ ނިރުބަވެރިން މަރާލާފައިވާ ކަމަށް އަލް-ޖަޒީރާއިން ބުނެފިއެވެ.

މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޖެނިންގައި ކުރިއައްގެންދަމުންދާ “އޮޕަރޭޝަން” ގައި 24 މީހުން ޝަހީދުކޮށްލާފައިވާތީ ކަމަށާއި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގައި ގަތުލުއާންމު ފެށި ފަހުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އޮޕަރޭޝަންތައް ވަރުގަދަކޮށް 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި ޣައްޒާގައި 40،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައިވާތީ އެކަމުގެ ބަދަލު ހިފުމިގެ ގޮތިން މުޖާހިދުން ކުރިއައްގެންދިޔަ އޮޕަރޭޝަން އެއްކަމަށް މީޑިއާތަކުންވަނީ ބުނެފައެވެ.

އިޒްރޭލުގެ ނޭޝަނަލް އިމަޖެންސީ ސާވިސް މެޖެން ޑޭވިޑް އަޑޮމް އާދީއްތަ ދުވަހު ބުނީ ޚަލީލްގެ ދެކުނުގައި އޮންނަ ތަރްކުމިއާ ޗެކްޕޮއިންޓް ކައިރީގައި ދިން ހަމަލާގައި އަންހެނަކާއި ފިރިހެނެއް މަރުވެފައިވާކަމަށާއި ދުވަސްވީ ފިރިހެނެއް ޒަހަމްވެފައިވާކަމަށެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ވަނީ ބުނެފައެވެ.

މާރިވް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތިން މީހުންނަކީ ހެބްރޮން ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންކަމަށްށެވެ.

މިދިޔަ 24 ގަޑިއިރުތެރޭގައި އިސްރާއީލުގެ 5 ނިރުބަވެރިން ވަނީ ފަލަސްޡީނުހެ މުޖާހިދުން މަރާލާފައެވެ.

އެއި ޣައްޒާގައި ފަލަސްޡީނުގެ މުޖާހިދުން ހިންގި ސްނައިޕާ އޮޕަރޭޝަންއެއްގައި މަރާލާރައިފައިވާ ނިރުބަވެރިއަކާއި ހިފާފައިވާ ހުޅަނގުގެ އައްސޭރީގެ ޖިނީންގައި މަރާލާފައިވާ ނިރުބަވެރިއެވެ.

އަދި ދެންމެ ޚަލީލްގައި ދިން ހަމަލާގައި މަރާލާފައިވާ 3 ނިރުބަވެރިންނެވެ.

ކޮމެންޓް
ާއެދުރު
އަލްޙަމްދުލިﷲ މުޖާހިދުންނަށް ފުރިހަ ނަޞްރާއި ފަތަޙަ ދެއްވާދޭ! ޖައްބާރުން ނިކަމެތި ކުރައްވާ ބަލިކުރައްވާދޭ!
01 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.