އިންޓަރނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީ ހެޑް އޮފީސް
ހަބަރު
01 Sep 2024 | 16:28
ކެންސަރު ހޮސްޕިޓަލް ޤާއިމްކުރުމަށް، އެޓަމިކް އެނަޖީ އޭޖެންސީގައި ރާއްޖެއިން ބައިވެރިވަނީ

ކެންސަރު ހޮސްޕިޓަލް ޤާއިމްކުރުމަށް އެހީތެރިކަން ހޯދުމަށް އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި މިއަދު ވަނީ މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ނިންމެވުންތަކާ ބެހޭ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ މުސްތަގްބަލަށް ބަލާއިރު އެ އެޖެންސީގައި ބައިވެރިވުމަކީ މުހިއްމުކަން ބޮޑުކަމުން ކަމަށެވެ. މިގޮތުން ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ރައީސް ޑރ.މުއިއްޒު ނިންމަވާފައިވާއިރު، ކެންސަރު ބަލީގެ ހިދުމަތްތައް ދެވެން އަންނަނީ، އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގެ މެމްބަރަކަށް ވެގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެނަޖީ ނިޒާމް އެޓަމިކް ހަކަތައާ ދިމާލަށް މިސްރާބު ޖެހުމުގެ ފުރުސަތު އޮތްއިރު، ކުރިމަގަށް ބަލާއިރު އެ އޭޖެންސީގައި ބައިވެރިވުމުގެ މުހިއްމުކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ.

މިޒަމާނުގެ މެޑިސިންގައި ވަރަށްބޮޑަށް ބޭނުންވޭ އެޓަމިކް އެޖެންސީގެ އެހީތެރިކަން. އެއީ މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމަންޓް ހޯދުމުގެ އިތުރުން މީގެ ވޭސްޓްމެނޭޖްކުރުމާ މިކަންކަމަކީ އައިއޭއީއޭގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައިވާ ކަންކަން. 

މޫސާ ޒަމީރު ވިދާޅުވިއެވެ

މިހާރު މި އެޖެންސީގައި 178 ޤައުމަކުން ބައިވެރިވެއެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ޤައުމުތަކަކީ މިހާރުވެސް އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގެ މެމްބަރުންނެވެ. މި ސަރަހައްދުން އައިއޭއީއޭގެ މެމްބަރަކަށް ނުވާ ހަމައެކަނި ދެ ޤައުމަކީ ދިވެހިރާއްޖޭގެ އިތުރުން ބޫޓާނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.