ވެކްސިން:ފޮޓޯ/އަލް-ޖަޒީރާ
ދުނިޔެ
02 Sep 2024 | 10:32
ޣައްޒާގައި 72،000 އަށްވުރެ ގިނަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލުން ދެމުންދާ ހަމަލާތަކާއެކުވެސް ޕޯލިއޯ ވެކްސިން ކެމްޕެއިންގެ ފުރަތަމަ ދުވަހު 72،000 އަށްވުރެ ގިނަ ކުދިންނަށް ވެކްސިން ދީފައިވާ ކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އާދިއްތަ ދުވަހު މިނިސްޓްރީން ޓެލެގްރާމްގައި ކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ އިމަޖެންސީ ޕޯލިއޯ ވެކްސިން ކެމްޕެއިންގެ ފުރަތަމަ ދުވަހު ސެންޓްރަލް އޭރިއާ (ޣައްޒާގެ) މެޑިކަލް ޓީމުތަކުން 72،611 ކުއްޖަކަށް ވެކްސިން ދެވިފައިވާކަމަށެވެ. 

މި ވެކްސިން ދީފައިވަނީ 10 އަހަރުން ދަށުގެ ކުދިންނަށްކަމަށް ވެސް ވަނީ ބުނެފައެވެ.

ދީރް އަލް ބަލާހް ސެންޓަރުތަކުގައި ވެކްސިން ކެމްޕޭން ބަލަހައްޓަމުން އަންނަ މެޑިކަލް ޓީމުތަކުން ބުނި ގޮތުގައި ގާތްގަނޑަކަށް 11 މަސް ދުވަހު ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމިގެ ސަބަބުން އެކުދިންނަށް ދިމާވެފައިވާ ދަތި ހާލަތުގެ ސަބަބުން ވެކްސިން ޖެހި އެތައް ސަތޭކަ ކުދިންގެ ކިބައިން ރަނގަޅުކާނެއްއްޗެހި ނުލިބޭކްމުގެ ނިޝާންތައް ފެނިފައިވާކަމަށެވެ.

ވެކްސިން ޖެހުމުގެ މަސައްކަތް ބަލަހައްޓާ ޓެކްނިކަލް ކޮމިޓީގެ އިސްވެރިޔާ މަޖުދީ ދުހައިރު ހޮނިހިރު ދުވަހު ވިދާޅުވީ މި ކެމްޕެއިން އެންމެ ފުރަތަމަ އަމާޒުކުރާނީ ސެޕްޓެމްބަރު 1-4 އަށް ޣައްޒާގެ މެދުތެރެއަށް ކަމަށާއި އެއަށްފަހު ސެޕްޓެމްބަރު 5-9 އަށް ޚާން ޔޫނުސް ކަމަށާއި ސެޕްޓެމްބަރު 9-12 އަށް ޣައްޒާ ސިޓީ އާއި އުތުރުގެ ސަރަހައްދުތަކަށްކަމަށެވެ.

ހަދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާގަތުލުއާންމަށް 11 މަސްވާންގާތްވެފައިވާ މިހާތަނަށް 40،700 އަށްވުރެގިނަ މީހުމް ވަނީ ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި 16،000 އަށްވިރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އަދި 94،000 އަށްވުރެ ގިނަމީހުން ވަނީ ޒަހަމްކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.