އެޕްލިކޭޝަންތައް ތަޢާރަފްކުރުމުގެ ތެރެއިން -- ފޮޓޯ: ޕޮލިސް
ހަބަރު
02 Sep 2024 | 20:05
ފުލުހުންގެ މަސައްކަތް އަވަސްކުރުމަށް އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފި

ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަށް މި އައު އެޕްލިކޭޝަންތައް ރަސްމީކޮށް ތަޢާރަފުކޮށްފައިވަނީ އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މީގެ އިތުރުން، ކުރިން ބޭނުންކުރަމުން އައި ބައެއް އެޕްލިކޭޝަންތައް އަލުން ފަރުމާކޮށް އަޕްޑޭޓްކޮށްފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި އަލަށް ތަޢާރަފުކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި އޮޓޮމެޓިކް ސްޕީޗް ރެކޮގްނިޝަން (އޭ.އެސް.އާރު) އަދި ސުޕަވައިޒަރ ޑޭޝްބޯޑް ހިމެނެއެވެ. ފުލުހުންގެ ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޔުނިޓުން ދެއްވި މަޢުލޫމާތުގައި، މި އެޕްލިކޭޝަންތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންތަކެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

މި އައު ވަސީލަތްތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މަޢުލޫމާތު ބެލެހެއްޓުމާއި ޚިދުމަތް ދިނުން އަވަސްވެގެންދާނެ ކަމަށް ފުލުހުންގެ އިދާރާއިން އުންމީދުކުރައްވައެވެ. މިކަމުގެ ސަބަބުން ޖުމުލަ ގޮތެއްގައި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

އަލުން ފަރުމާކުރެވުނު ބައެއް އެޕްލިކޭޝަންތައް

ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލް

ޕީއައިއައި ޓީމްސް އެޕްލިކޭޝަން

ޕާސަން އޮފް އިންޓްރެސްޓް ޕޯޓަލް

ނެއިބަހުޑް ސަޕޯޓް ސިސްޓަމް

ޓެކްނިކަލް އޮޕަރޭޝަން ޕްލެޓްފޯމް

އޮޕްސް މޮބައިލް އެޕް

ފޭސް އެޕް

ކޮމެންޓް
ޑެވިލް
އަވަސްވާނެ. އާދައިގެ މީހާ ހައްޔަރުކުރުމަށް . އިއްޒައްތެރިޔާ ހިމާޔަތް ކުރުމަށް
02 Sep 2024
ގުޅޭ ލިޔުންތައް
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
28 Jun 2026
ހިންމަފުށީގައި ޑްރަގް ފަރުވާއަށް ބޮޑު ސެންޓަރެއް ހަދަނީ، 18 މަހުން ނިންމާނެ
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް
މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.