ޔަޙްޔާ ޝިންވާރު
ދުނިޔެ
04 Sep 2024 | 10:34
ޔަޙްޔާ ސިންވާރާއި އިތުރު 5 މެމްބަރަކާ ދެކޮޅަށް އެމެރިކާއިން ދައުވާކުރަނީ

ޣައްޒާ މިނިވަންކުރުމަށް ޖިހާދުކުރަމުންދާ ޙަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރާއި އެޖަމާޢަތުގެ އިތުރު 5 މެމްބަރަކާ ދެކޮޅަށް އެމެރިކާއިން ދަޢުވާތަކެއް އުފުލަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

ނިއުޔޯކް ސިޓީގެ ހަތް ފެޑެރަލް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ ދައުވާ ތެތޭގައި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މެޓީރިއަލް ސަޕޯޓް ދިނުމަށް ރޭވުމުގެ ދައުވާ އާއި އެމެރިކާގެ ރައްޔިތުން މަރާލަން ރޭވުމުގެ ދައުވާ އާއި ހަތިޔާރު ބޭނުންކުރަން ރޭވުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ. އަދި އީރާނާއި ލުބުނާނުގެ ހިޒްބުالله ޓެރަރިސްޓް ޖަމާއަތުން ހަމާސް އަށް މާލީ އެހީތެރިކަމާއި ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ދައުވާ ވެސް ހިމެނެއެވެ.

ފެބްރުއަރީ މަހު ފައިލްކޮށްފައިވާ މި ދަޢުވާތަކުގައި ކުރީގެ ޙަމާސް ލީޑަރު ޝަހީދު އިސްމާޢީލް ހަނިއްޔާއާއި މަރުވާން ޢީސާ، ޚާލިދު މަޝްޢަލް، މުޙައްމަދު އަލް-ދިރްފް އަދި ޢަލީ ބަރަކާ ހިމެނެއެވެ. ނަމަވެސް އެމެރިކާއިން ބުނެފައިވާ ގޮތުން މި ތަނުން ތިން މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ޝަހީދުވެފައިވާ ކަމަށް އެމެރިކާއިން ބުނެފައިވަނީ މިދިޔަ ޖުލައި މަހު ތެހެރާނުގައި ޝަހީދުކޮށްލާފައިވާ ހަމާސްގެ ކުރީގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ އާއި މިދިޔަ ޖުލައި މަހު އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ކަމަށް އިސްރާއީލުންބުނާ މުހައްމަދު ދީފް އަދި މާޗް މަހު ދިން ހަމަލާއެއްގައި އިސްރާއީލުން ޝަހީދުކޮށްލިކަމަށްބުނާ މަރުވާން އީސާ އެވެ.

ނަމަވެސް ހަމާސް އިން ބުނެފައިވާ ގޮތުން މުޙައްމަދް ދީފް އަދި ޝަހީދުކޮށްލާފައެއްނުވެއެވެ.

އެމެރިކާގެ ޢަދުލު ފެޑަރަލް ކޯޓުން ބުނާ ގޮތުގައި، އޮކްޓޯބަރު 7 ގެ ހަމަލާގައި ޙަމާސްއިން 1،200 އަށްވުރެ ގިނަ މީހުން މަރާލިކަމަށާއި  މިއީ ހޮލޯކޯސްޓަށް ފަހު އެންމެ ގިނަ ޔަހޫދީން މަރާލެވުނު ހާދިސާ ކަމަށްވެސް ބުނެފައިވެއެވެ.

ދަޢުވާތައް އުފުލުމާއެކު، ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ގަތުލުއާންމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ގިނަ ޤައުމުތަކުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. މިގޮތުން އިނގިރޭސިވިލާތުން ވަނީ އިސްރާއީލަށް ވިއްކާ ބައެއް ހަތިޔާރުތައް މަނާކުރުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.