އިސްރާއީލުގެ ނިރުބަވެރިން
ދުނިޔެ
04 Sep 2024 | 10:35
ޣައްޒާގެ ޤަތުލުޢާއްމަށް 334 ދުވަސް: އިސްރާއީލުގެ އަސްކަރިއްޔާގެ ބޮޑެތިން އިސްތިއުފާދެނީ!

މިދިޔަ އަހަރު އޮކްޓޯބަރުމަހު 7 ވަނަ ދުވަހުގައި ޣައްޒާ މިނިވަން ކުރުމަށްފެށި ހަނގުރާމަ ތޫފާން އަލް އަޤްސާ ފެށިފަހުން މިހާތަނަށް އިޒްރާއީލިގެ ތާރީހުތެރޭގައި އިސްތިއުފާ ނުދޭހައިގިނަ އަސްކަރިއްޔާގެ ބޮޑުން އިސްތިއުފާދީފައިވާކަމަށް ނިރުބަވެރިން ބުނެފިއެވެ.

މި ގޮތުން މި އަހަރު އެކަނިވެސް 800 އަށްވުރެ ގިނަ މީހުންވަނީ އިސްތިއުފާދީފައެވެ.

މިގޮތުން، މިލިޓަރީ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ރިސާޗް ޑިވިޝަންގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަމިތު ސާރް އިސްތިއުފާ ފިނީ "އަމިއްލަ ސަބަބުތަކާ ހުރެކަމަށާއި އޮކްޓޯބަރު 7 ގެ ހަމަލާއާ ގުޅިގެން އެ ޔުނިޓުން އެލާމް ޖަހަން ފެއިލްވުމާ ގުޅިގެޅުމެއް ނެތްކަމަށާއި އިސްތިއުފާދިނީ ބަލިވުމުގެ ސަބަބުން" ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެ އެވެ.

އިސްރާއީލު އަސްކަރިއްޔާގެ މިލިޓަރީ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ވެރިޔާ މޭޖާ ޖެނެރަލް އަހާރޮން ހަލީވާ އިސްތިއުފާ ދިނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާގެ ސަބަބުންނެވެ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ޣައްޒާ ޑިވިޝަންގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަވީ ރޮޒެންފެލްޑް އިސްތިއުފާ ދިނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި އާބާދީތައް ހިމާޔަތް ނުކުރެވުމުންނެވެ.

ޝިން ބެޓް ސެކިއުރިޓީ އެޖެންސީގެ ސަދަން ޑިސްޓްރިކްޓްގެ ވެރިޔާ މަގާމުން އިސްތިއުފާ ދިނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާ ހުއްޓުވުމުގައި އޭނާގެ ޑިޕާޓްމަންޓުން ފެއިލްވެފައިވާ ކަމަށް ބުނެ އެވެ.

އިޒްރޭލު އަސްކަރިއްޔާގެ އެންމެ ބޮޑު ކަލެކްޝަން ޔުނިޓް ކަމަށްވާ ޔުނިޓް 8200 ގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ޔޮސީ ޝަރިއެލް އިސްތިއުފާ ދޭކަން އަންނަ ހަފުތާތަކުގެ ތެރޭގައި އިއުލާނު ކުރާނޭކަމަށާއި އިސްތިއުފާދެނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިންޓެލިޖެންސް ފެއިލްވުމާ ގުޅިގެން އޭނާއަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންކަމަށެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި 40،800 އަށް ވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި 94،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.