ޣައްޒާގައި ވެކްސިން ދެނީ
ދުނިޔެ
04 Sep 2024 | 14:37
ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ 161،000 ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ 161،000 ކުދިންނަށް ޕޯލިއޯ ވެކްސިން ދީފައިވާކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޕޯލިއޯ ވެކްސިން ޣައްޒާއަށް ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން އެދުނީ 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޣައްޒާއިން ޕޯލިއޯ ފެނުމާ ގުޅިގެންނެވެ.

 ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ރިޗަޑް ޕީޕަކޯން ވިދާޅުވީ ވެކްސިން ކެމްޕޭންގެ ދެވަނަ ދުވަހު ގާތްގަނޑަކަށް 74،340 ކުދިންނަށް ވެކްސިން ދީފައިވާކަމަށާއި ފުރަތަމަ ދުވަހު 86،600 އަށް ވުރެ ގިނަ ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ

އޭނާ އިތުރަށް ވިދާޅުވީ 7 އޮކްޓޯބަރުގެ ކުރިން ޣައްޒާގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވިފައިވާ ކަމަށާއި ނަމަވެސް ގަތުލުއާންމުގެ ސަބަބުން ވެކްސިންގެ ދެ ވަނަ ޑޯޒް ދެވުނު މިންވަރު ދަށްވެފައިވާ ކަމަށެވެ.

މި ކެމްޕެއިންގެ އަމާޒަކީ  640،000 އަށްވުރެ ގިނަ ކުޑަކުދިންނަށް ވެކްސިން ފުރިހަމަކުރުންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ކެމްޕޭން ފެށުނީ އާބާދީ ބޮޑު ޣައްޒާގެ މެދުތެރޭން ކަމަށާއި، ޑަބްލިއުއެޗްއޯއިން އެންމެ ފުރަތަމަ ލަފާކުރީ 10 އަހަރުން ދަށުގެ 156،500 ކުދިންނަށް ވެކްސިން ދިނުން ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.