ފުލުހުން އަތުލި މަސްތުވާތަކެތި -- ފޮޓޯ: އަވަސް
ހަބަރު
07 Sep 2024 | 11:25
ކިލޯއެއްހާ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކިލޯއެއްހާ މަސްތުވާތަކެއްަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނީ އއ. ރަސްދޫ، ފުނަމާގެ، ހަސަން ޒަޔާން (24 އ) އާއި، ގދ. ތިނަދޫ، ކުލުނު، އަލީ ސަރީހު އަންވަރު (22 އ) އެވެ.

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިއްކައި އަދި ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މި ދެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމިއެވެ.

ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އެތަނުގެ ބަދިގެއާއި ކޮޓަރިއަކުން މަސްތުވާތަކެތި ފެނުނެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި އިތުރު އެޕާޓްމަންޓަކާއި ދެ ކާރެއް ބަލައި ފާސްކުރުމުން، އެތަންތަނުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންނަށް ފެނިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން ދިއުމަކީ ޤައުމީ ފެންވަރުގައި ކަންބޮޑުވުން އުފެދިފައިވާ މައްސަލައެކެވެ. ފާއިތުވި އަހަރުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުން އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި މި ނުރައްކާތެރި ވަބާ ފެތުރެމުންދާކަން ފާހަގަކުރެވެއެވެ.

މިކަމާ ގުޅިގެން ސަރުކާރުންނާއި އަމިއްލަ ޖަމްޢިއްޔާތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ފަރުވާދިނުމުގެ މަރުކަޒުތައް ޤާއިމްކޮށް، އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އެހެންނަމަވެސް، މި މައްސަލަ ހައްލުކުރުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ޒަޔާނު އައްޕަ
ތިޔަ ޒަޔާނަކީ ކާރެއް ދުއްވައިގެން ގޮސް ބަހެއްގައި ޖެހި އެކްސިޑެންޓެއްވެ އެތައްބައެއްގެ ފުރާނައަށް ގެއްލުންވާވަރު ކަމެއް ކޮއްފައިވާ މީހެއް. މިހެން ބުނީމަ ބޫލީނާއާއި ނާޒިމާ ދެމީހުން މަ ކާލާނީކީ ނޯން!
08 Sep 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.