ތެޔޮ ޑީޕޯއެއް
ދުނިޔެ
08 Sep 2024 | 13:27
ޕާކިސްތާނުގެ ކަނޑުން ބޮޑު ތެޔޮ ރިޒާވެއް ފެނިއްޖެ

ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުން ޕެޓްރޯލިއަމް އަދި ގުދުރަތީ ގޭހުގެ ބޮޑު ޑިޕޮސިޓެއް ފެނިފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ސެކިއުރިޓީގެ އިސް އޮފިޝަލަކާ ހަވާލާދީ ޑޮންނިއުސްޓީވީން ބުނީ ތެލާއި ގޭހުގެ ރިޒާވް ހުރިތޯ ބެލުމަށް އެކުވެރި ގައުމަކާ ގުޅިގެން ތިން އަހަރު ދުވަހުގެ ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޖިއޮގްރަފިކް ސާވޭގެ ސަބަބުން ޕާކިސްތާނަށް ޑިޕޮސިޓްތައް ހުރި ތަނެއް ދެނެގަތުމުގެ ފުރުސަތު ލިބިފައިވާއިރު، ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުން ފެނުނު ވަސީލަތްތައް ކަމާ ބެހޭ ޑިޕާޓްމަންޓްތަކުން ވަނީ ސަރުކާރަށް އަންގާފަ އެވެ.

އަންދާޒާތައް ދައްކާ ގޮތުން މި ހޯދުމަކީ ދުނިޔޭގެ އެންމެ ބޮޑު ތެލާއި ގޭހުގެ ރިޒާވްގެ ތެރޭގައި ހިމެނޭ ސަރަހައްދަކަށް ވެދާނެ ކަމަށާއި، ޕާކިސްތާނަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު ޑިޕޮސިޓެއް އޮންނަ ގައުމަކަށް ވެދާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ.

މިހާރު ދުނިޔޭގައި އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ގައުމަކީ ގާތްގަނޑަކަށް 3.4 ބިލިއަން ފީފާ ތެލުގެ ރިޒާވްއާއެކު ވެނެޒުއެލާ އެވެ. އެންމެ ގިނައިން ބޭނުން ނުކުރެވި ހުރި ޝޭލް ތެލުގެ ރިޒާވް އޮތީ އެމެރިކާގަ އެވެ. އަދި ސައުދީ އަރަބިއްޔާ، އީރާން، ކެނެޑާ އަދި އިރާގު ހިމެނެނީ އެންމެ ބޮޑެތި ތެލުގެ ރިޒާވް އޮތް ފަސް ގައުމުގެ ތެރޭގަ އެވެ.

އޮއިލް އެންޑް ފޭސް ރިޒާވް އޮތޯރިޓީގައި މަސައްކަތްކުރި މާހިރެއް ކަމަށްވާ މުހައްމަދު އާރިފް ޑައުންނިއުސް ޓީވީގައި ވިދާޅުވި ގޮތުގައި ވަޅު ކޮނެގެން ތެޔޮ ނެރުމުގެ މަސައްކަތަށް އެތައް އަހަރެއް ނަގާފާނޭކަމަށާއި ލަފާކުރެވޭ ގޮތަށް ރިޒާވްތައް ހޯދިދާނެ ކަމުގެ 100 އިންސައްތަ ޔަގީންކަމެއް ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އާރިފް އިތުރަށް ވިދާޅުވި ގޮތުގައި އެކްސްޕްލޯރޭޝަން އަށް އެކަނި ވެސް ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ އެވެ. އަދި ކަނޑުގެ ލޮކޭޝަނަކުން ރިޒާވް ނެގުމަށް ހަތަރު އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ. މީގެ އިތުރުން، އެކްސްޕްލޯރޭޝަންގެ ސަބަބުން ރިޒާވް ހޯދިއްޖެ ނަމަ ވަ ވަޅުތަކާއި ރިޒާވް ނެގުމާއި ތެޔޮ އުފެއްދުމަށް އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް އިތުރު އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.