މަޖިލީހުގެ އަހުލަަބިއްޔަތު އެމްޑީޕީއަށް ނުލިބޭނަމަ ވައުދު ފުއްދުން ލަސްވާނެ: ރައީސް ސޯލިހު

03 Apr 2019 | 16:38

ރައްޔިތުންގެ މަޖިލީހުގެ އަހުލަބިއްޔަތު އެމްޑީޕީއަށް ނުލިބޭނަމަ ވައުދުތައް ފުއްދުން ލަސްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްެޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދ.މީދޫގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑީޕީން ގިނަ ވައުދުތަކެއް ވެފައިވާ ކަމަށާއި އެ ވައުދުތައް ފުއްްދުމަށް ގާނޫނުތައް ހަދަންޖެހޭ ކަމަށެވެ. އެކަމަަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަހުލަބިއްޔަތެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެހެން ނޫންނަމަ ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ލަސްވެދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި މީދޫ ދާއިރާގެ ހުރިހާ ރައްޔިތުންނަށްވެސް އެދެނީ ތިލަފަތަށް މިފަހަރު ވޯޓް ދެއްވުމަށް ކަމަށެވެއެއީ ގެއްލިގެންދާނެ ވޯޓެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޕްރޮޖެކްޓަށް ދީފައިވަނީ ބޮޑުއަގުގައިކަން ފާހަގަކުރެއްވިއެވެ.

"މިސާލަކަށް 70 މިލިއަން ރުފިޔާ ދީފަ އަޅާ ފެނާއި ނަރުދަމާގެ ނިޒާމް މިއަދު ހުޅުވާލީމާ އޭގެ އަގު ތިރިވެއްޖެ 27 މިލިއަން ރުފިޔާއަށް، އޭގެ މާނަ އަކީ އޭރު 50 ރަށް ހެދި ކަމަށްވަންޏާ މިއަދު އެފައިސާއިން 100 ރަށުގައި އެމަސައްކަތް ކުރެވޭނެ، ސަރުކާރުން ކަރަޕްޝަނާއި ވައްކަން ނައްތާލެވިއްޖެނަމަ، ހާމަކަންކަމަތީ ހުރިހާ ކަމެއް ކުރެވިއްޖެ ކަމަށްވަނީނަމަ ދައުލަތަށް މިވަންނަ ފައިސާއިން ރައްޔިތުން މިބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް