ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ފޮޓޯ: ވޮއިސް
ހަބަރު
09 Sep 2024 | 20:45
ގާމަގު ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ: 37 މީހުން ހާލުގައި ޖެހިފައިވޭ

ސޯސަންމަގުކޮޅުގައި ހުންނަ ހެންވޭރު ދޫހިމެރިގޭ ތިރީބައިގަ ހުންނަ ހޮޓަލުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ހާދިސާގައި ޖުމްލަ 37 މީހުން ހާލުގައިޖެހިއެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެން ޑީއެމް އޭ) އިން މައުލޫމަތު ދެއްވި ގޮތުގައ ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 22 ދިވެހިންނާއި 15 ބިދޭސީން ހިމެނޭކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ 14:47 ހާއިރުކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެސަރަހައްދަށްގޮސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާހިނގި ސަރަޙައްދުގައި ހަރަކާތްތެރިވި ވޮއިސްގެ ރިޕޯޓަރު ބުނެފައިވަނީ ކެފޭގައި އަލިފާންގަނޑު ރޯވިތާ މާ ގިނައިރުތަކެއް ނުވެ މުޅި އިމާރާތުގައި އަލިފާން ހިފިކަމަށެވެ. އަލިފާންގަނޑު ރޯވެ ބޮޑަށް ހުޅުގަނޑު ފަޅައިގެން ގޮސްފައިވަނީ ގޭސްފުޅީގައި ރޯވި ހިސާބުންކަމަށްވެސް ރިޕޯޓަރު ބުންޏެވެ.

ހާދިސާ ހިނގުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރޯވެފައިވާ އިމާރާތާ ޖެހިގެންހުރި ގޭތަކުން ވަނީ މީހުން ހުސްކޮށްފައެވެ.

އަލިފާންގަނޑު ކޮންޓްރޯލްވިއިރު، ކެފޭހުރި އިމާރާތުގެ އިތުރުން ޖެހިގެންހުރި އިމާރާތުގައިވެސް އަލިފާން ހިފިއެވެ. މިހާދިސާގައި ކެފޭގައި ހުރި ހުރިހާ އެއްޗެއް އަނދާފައިވާއިރު، މުޅި އެ އިމާރާތްވަނީ އަލުން ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

މިއަދު މެންދުރު 14:47ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ އަންހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނުނީ 30 އަހަރުގެ ބޭރު އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ތެރެއިން ބޭރު މީހާ ދޫކޮށްލާފައިވާއިރު، ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.