ޚަން ޔޫނިސް:ފޮޓޯ/ އަލީ ޖާދުﷲ
ދުނިޔެ
10 Sep 2024 | 10:28
އިސްރާއީލުން ޣައްޒާއަށް ހަމަލާދީ 40 މީހުން ޝަހީދުކޮށްލައިފި

ފަލަަސްތީނުގެ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އުޅެމުންދިޔަ ޓެންޓުތަކަކަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ހަމަލާދީ 40 މީހުން ޝަހީދުކޮށްލައި، 60 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ބުނެފިއެވެ.

މި ހަމަލާ އަމާޒުކޮށަފައިވަނީ އިޒްރާއީލުން ސޭފްޒޯން ކަމަށްބުނެފައިވާ ސަރަހަށްދަށެވެ.

ސިވިލް ޑިފެންސް އިން ބުނެފައިވަނީ ބަރުދަނުގައި 2000 ޕައުންޑު ހުންނަ އެމްކޭ-48 ގެ 5 މިސައިލު ބޭނުންކޮށްގެން ދިން މި ނިރުބަވެރި ހަމަލާ އަމާޒުކޮށްފައިވަނީ 20 ޓެންޓަށްކަމަށެވެ. އަދި މިޓެންޓުތަކުގައި 115 މީހުން ދިރިއުޅެމުން ދިޔަ ކަމަށްވެސް ވަނީ ބުނެފައެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ މީހުން ސަލާމަތްކުރުމަށް ބޭނުންކުރާ ތަކެތި ނެތުމުގެ ސަބަބުން ހަށިގަނޑުތަށް ހޯދުމުގައި ދަތިތަކާކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ހައްދުފަނަ އަޅާފައުވާ އިޒްރާއީލުން ބުނިގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ މިނިވަންކުރަން ޖިހާދުކުރަމުންދާ ހަމާސްގެ 2 މުޖާހިދުނަށްށެވެ.

ނަމަވެސް ހަމާސްއިން މިބަޔާންވަނީ ދޮގުކޮށް މިއީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެމީހުންގެ "ހުތުރު ޖަރީމާތައް" ފޮރުވުމަށް ދޮގު ހަދަމުންދާ ކަމަށް ބުނެފައެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރިއަށްގެންދަމުންދާ ގަތުލުއާންމުގައި މިހާތަނަށް 40،988 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 94،825 މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.