އިސްރާއީލުގެ ޓޭންކަރެއް
ދުނިޔެ
10 Sep 2024 | 11:01
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން ހުށަހެޅި މައްސަލަ އިންޑިއާގެ އެންމެ މަތީ ކޯޓުން ބޭރުކޮށްލައިފި

އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓްކުރާ އިންޑިއާގެ ކުންފުނިތަކަށް ލައިސަންސް ދިނުން ހުއްޓުވުމަށް އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

"ގައުމުގެ ހާރިޖީ ސިޔާސަތުގެ ތެރެއަށް ނުވަދެވޭނެ،" އެ މައްސަލަ ބޭރު ކޮށްލަމުން އިންޑިޔާގެ އުއްތަމަ ފަނޑިޔާރު ޑީވައި ޗަންޗޫޑާއި އިތުރު ދެ ފަނޑިޔާރުންގެ ބެންޗުން ހޯމަ ދުވަހު ބުނެފައިވެއެވެ.
ފަނޑިޔާރުންގެ ބެންޗުން ބުނީ ހަތިޔާރު އެކްސްޕޯޓް ކުރުމުގައި ހަރަކާތްތެރިވާ އިންޑިއާގެ ކުންފުނިތަކުގެ މައްޗަށް ކޮންޓްރެކްޓްގެ މަސްއޫލިއްޔަތުތަކާ ހިލާފުވުމުގެ ދައުވާ ކުރެވިދާނެ ކަމަށާއި އެހެންކަމުން އެ ކުންފުނިތަކަށް ސަޕްލައި ކުރުން ނުހުއްޓުވޭނެ ކަމަށެވެ.

ގާތްގަނޑަކަށް ޑަޒަނެއްހާ މީހުން މި މަހު ހުށަހެޅި ޕަބްލިކް އިންޓްރެސްޓް ލިޓިގޭޝަންގައި ބުނެފައި ވަނީ ހަނގުރާމައިގެ ކުށްތައް ސާބިތުވާ ގައުމުތަކަށް އަސްކަރީ ހަތިޔާރު ފޯރުކޮށް ނުދިނުމަށް އިންޑިއާއިން ތަބާވާ ބައިނަލްއަގުވާމީ އެކި ގާނޫނުތަކާއި މުއާހަދާތަކުގެ ދަށުން އިންޑިއާ އަށް ލާޒިމްކުރާ ކަމަށާއި، އެއްވެސް އެކްސްޕޯޓަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ހިލާފަށް ބޭނުންކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.

މީގެ ކުރިން އިންޑިއާގެ ރައްޔިތުން ވަނީ އެގައުމުގެ ޑިފެންސް މިނިސްޓަރަށް ސިޓީއެއް ފޮނުވައި، އެކްސްޕޯޓްކުރާ ފަރާތްތަކަށް އިސްރާއީލަށް ހަތިޔާރު ފޮނުވޭނެ ގޮތަށް ލައިސަންސް ދިނުމުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައެވެ.

އިސްރާޢީލްގެ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 41،000 އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، ގާތްގަނޑަކަށް 94،761 މީހުން ޒަޚަމްވެފައިވާކަމަށް އެޤައުމުގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ.

މި ހަލަާތަށްދޭން ބޭނުން ކުރަނީ އިންޑިޔާ އާއި އެމެރިކާ ފަދަ ގައުމިތަކުން ފޮނުވާ ހަތިޔާރު ބޭނުންކޮށްގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.