އެކްސިޑެންޓްގައި ނިޔާވި ސަމާޙް ---
ހަބަރު
10 Sep 2024 | 22:12
ސަމާހުގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން އަސާސެއް ނެތް ވާހަކަތައް ނުފަތުރަން އެދިއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅޭ އަސާސެއް ނެތް ވާހަކަތައް ނުފެތުރުމަށް ފުލުހުން އެދިއްޖެއެވެ. 

ފުލުހުން ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ލ. އިސްދޫ / ބީޗްހައުސް، ހަސަން ސަމާހުގެ މަރުގެ ތަޙުޤީޤާ ގުޅޭ ގޮތުން އަސާސް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަތައް ފެތުރެމުންދާއިރު، ފުލުހުން ބުނެފައިވަނީ މިހާތަނަށް މި މައްސަލައިގެ ތަޙުޤީޤާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން އަސާސެއް ނެތް ތުހުމަތުތައް ކުރުމަކީ މަރުޙޫމްގެ ޢާއިލާއަށް އިތުރު ހިތްދަތިކަން ލިބި، ތަޙުޤީޤަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ. އަދި ސައްޙަކަން ކަށަވަރު ނުކުރެވޭ މަޢުލޫމާތު އެއްވެސް ވަސީލަތެއްގައި ނުފެތުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ސަމާހު ނިޔާވީ ބާރު ސްޕީޑެއްގައި ދުއްވަމުންދިޔަ ސްޕޯޓްސް ކާރަކާ އޭނާ ދުއްވަމުންދިޔަ ސައިކަލު ޖެހި އެކްސިޑެންޓްވުމުންނެވެ. މި ހާދިސާގައި ސަމާހުގެ ބޮލަށާއި މޫނަށް ސީރިއަސް އަނިޔާތަކެއްވެ، ގިނަ އަދަދަކަށް ލޭ ބޭރުވުމަށްފަހު، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވިއެވެ.

މި ހާދިސާއާ ގުޅިގެން، ސްޕޯޓްސް ކާރު ދުއްވަމުންދިޔަ އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، 26 އަހަރުގެ މުޙައްމަދު ވިސާމް ސިއްދީޤު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.