ގްރޭޓަރ މާލެ ކަނެކްޓިިވިޓީ - މާލެއިން ތިލަފުއްޓަށް ގުޅާލާ ބްރިޖް މަޝްރޫޢުގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުން
ހަބަރު
11 Sep 2024 | 12:54
ބްރިޖު މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ނިންމުމަށް އިންޑިޔާއާއެކު މަޝްވަރާ ކޮށްފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ޓައިމްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އިންޑިޔާއާައެކު މަޝްވަރާ ކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް އިންޑިޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، ގްރޭޓަރ މާލެ ކަނެކްޓިިވިޓީ - މާލެއިން ތިލަފުއްޓަށް ގުޅާލާ ބްރިޖް މަޝްރޫޢުގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުން ވަނޫ ބާއްވައިފައެވެ.

މި ބައްދަލުވުމުގައި ޑރ. މުއްޠަލިބްގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަވާ އިންޑިޔާގެ ހައި ކޮމިޝަނަރ އެޗް.އީ. މުނު މަހާވަރ ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ދިވެހި ސަރުކާރުގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިބްރާހީމް ތޯއަމް މުޙައްމަދު، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި މާލިއްޔަތު އަދި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން މި ބައްދަލުވުމުގައި މަޝްރޫޢު ކުރިއަށްދާ މިންވަރާއި ގުޅޭގޮތުން ސްޓްރެޓެޖިކް އަދި ޓެކްނިކަލް މަޝްވަރާތައް ކުރެވުނެވެ. މީގެ މައިގަނޑު މަޤްޞަދަކީ މަޝްރޫޢުގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށްޓަކައި ސަރުކާރުގެ އެންމެ އިސްފަންތީގެ ބޭފުޅުންގެ ބައިވެރިވުން ކަށަވަރުކުރުން ކަމަށް ބުންޏެވެ.

މިހާތަނަށް މަޝްރޫޢުގެ 43.59 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މާލެއިން ގުޅީފަޅާ ހަމައަށް މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ މާރޗް 31 ވަނަ ދުވަހެވެ. އަދި ގުޅީފަޅުން ތިލަފުއްޓާ ހަމައަށް ނިންމުމަށް ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ 30 ވަނަ ދުވަހެވެ.

މި ބައްދަލުވުމުގައި އިންޑިޔާ ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި، އެގްޒިމް ބޭންކް އޮފް އިންޑިޔާގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރ އަދި ކޮންސަލްޓަންޓްގެ ފަރާތުން ބައިވެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.