ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު
ހަބަރު
11 Sep 2024 | 23:44
ޕީއެންސީ މެންބަރުންނަށް ފައިސާ ދޭކަމަށް ބުނާ ދޮގު ވާހަކަ ފަތުރަނީ ރައީސް ޔާމީން: ފަލާޙް

ޕީއެންސީ މެންބަރުންނަށް ފައިސާ ދޭކަމަށް ބުނެ ދޮގު ވާހަކަ ފަތުރަނީ ކުރީގެ ރައީސް ޔާމީން އަޑީގައި ހުރެގެން ކަމަށް ޕީޖީ ލީޑަރު ތުހުމަތުކުރައްވައިފިއެވެ. 

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް މަހަކު 75،000 ރުފިޔާ ދެއްވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކުގެ ފަހަތުގައި ހުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަމަށް ތުހުމަތުކުރައްވާ އެވާހަކަތަކަށް ހަރުކަށި ރައްދު ދެއްވާފައެވެ.

މިރޭ ބޭއްވުނު މަޖިލިސް ޖަލްސާއަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފަލާހު ވިދާޅުވީ، މި ވާހަކަތަކަކީ ޕީއެންސީގެ 75 މަޖިލިސް މެންބަރުންގެ އަބުރަށް އަރައިގަންނަ ބޮޑު އިލްޒާމެއް ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ޔާމީނު މި ވާހަކަތައް ފަތުރުއްވަނީ ނޫސްތަކަށް ފައިސާ ދެއްވައިގެންނެވެ.

ފަލާހު އިތުރަށް ވިދާޅުވީ ޕީއެންސީއަށް އަލަށް ގުޅޭ މެންބަރުންގެ ފޯމުތައް ގެންދިޔުމާ ގުޅިގެންވެސް ފައިސާ ބަހާ ވާހަކަ ދައްކަމުންދާ ކަމަށެވެ. ދުވާފަރު ދާއިރާގެ މެންބަރު ކަޅު ދަބަހެއްގައި ފައިސާ ގެންދިޔަ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، އެއީ އާބާދީ ބޮޑު ރަށަކުން ގެނައި ގިނަ ފޯމުތަކެއް ކަމަށެވެ.

ރައީސް މުޢިއްޒަކީ ކޮރަޕްޝަނާއި ވައްކަމަށް ބާރުއަޅުއްވާނެ ބޭފުޅެއް ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ.

މި ވާހަކަތައް ފެތުރެން ފެށުމާއެކު ސަރުކާރުން ވަނީ މިކަން ދޮގުކޮށް، މި ވާހަކަ ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައެވެ. ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތްއިރު، މި މައްސަލައިގައި އިތުރު ތަޙުޤީޤުތައް ކުރިއަށްދާނެކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.