ނ ހޮޅުދޫ
ހަބަރު
12 Sep 2024 | 09:41
ތަހްލީލަށްފަހު ޒަކިއްޔާގެ ހަށިގަނޑެ އަނބުރާ ހޮޅުދޫއަށް ގެންގޮސްފި

ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކީ ނިޔާވެފައި އޮއްވާ މިމަހު 10 ވަނަ ދުވަހު ފެނުނު އެރަށު މާރަނގަ، ޒަކިއްޔާ މޫސާ މަނިކުގެ ހަށިގަނޑު މާލެ ގެނެސް ޓެސްޓުތައް ހެދުމަށްފަހު، އޭނާގެ ހަށިގަނޑު އަނބުރާ އެރަށަށް ގެންގޮސްފިއެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ޚާއްޞަ ޓީމެއް އެ ރަށަށް ފޮނުވާފައިވާއިރު، މައްސަލައާއި ގުޚިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ނަމަވެސް ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. 

މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ކަރުގައި ޒަޚަމްތަކެއް ހުރި ކަމަށާއި، އޭނާގެ ކައިރީގައި ވަޅިއެއް އޮތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޒަކިއްޔާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާފައިވާ މީހެއް ކަމަށް އެ ރަށުމީހުން ބުނެފައިވިޔަސް، މިކަން ރަސްމީކޮށް އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. 

މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން ޒަކިއްޔާ ބައެއް މީހުންނާ ވާހަކަދައްކާފައިވާ ކަމަށް ރަށުގެ މީހުން ވޮއިސް އަށް ކިޔައިދިނެވެ.  އެރަށުގެ ބައެއް ޢާއްމުމީހުންނާ ވޮއިސް އިން ގުޅުމުން ބުނީ ޒަކިއްޔާގެ ބޭރުފުށުން އެއްވެސް ބައްޔެއްގެ އަލާމާތެއް ފެންނަން ނުހުންނަ ކަމުގައެވެ. 

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ޝައްކުކުރެވޭ ކަމަށް އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު، މާބޮޑު މައުލޫމާތެއްވެސް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.