އާސަންދަ އޮފީހެއް
ހަބަރު
12 Sep 2024 | 10:25
އިންޑިޔާއިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ ކަނޑާލިކަމަށް ބުނެ ފަތުރަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް: އާސަންދަ

އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ ކަނޑާލިކަމަށް ދައުރުވަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އާސަންދައިން ބުނެފިއެވެ. 

އާސަންދައިގެ ދަށުން ންގަލޫރުގެ އެސްޓަރ ސީއެމް.އައި އިން ފަރުވާ ހޯދމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ އާއިލާއެއް ޙާލުގައި ޖައްސާފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފެތުރެމުންދާ ވާހަކަ އާއި ގުޅިގެ ް އާސަންދައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އުމުރުން 65 އަހަރުގެ އެމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ އަރަބިއާގެ ޖިއްދާއިން އިންޑިއަށް ޒަކާތުފަނޑުގެ އެހީގައި ގެންދެވިފައިވާ މީހެއް ކަމަށެވެ.

މިގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އެފަރާތަށް ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.

އޭނާއަށް ފަރުވާ ދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕަތީ އަށެވެ. އިންޓަންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލްވިންގ ތެރަޕީ އދި ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓަރ ސީ.އެމް.އައި އިން އާސަންދައަށް ރިކއެސްޓް ފޮނުވާފައިވަނީ 14 މާރިޗު 2024 ގައެވެ. އެ މީހާގެ ޙާލަތު ފުރިހަމައަށް އިވލުއޭޓްކުރުމަށްފަހު، އޮގަސްޓު 18 އާއި ހަމައަށް ހޭދަވި މުއްދަތުގައި ހޮސްޕޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން  ވަނީ އެޕރޫވަލް ދީފައެވެ.

އާސަންދަ

މިއާއެކު އާސަންދައިން ބުނީ، ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓލޭޓަރ ގޭޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް 14 އޮގަސްޓު 2024 ގައި އާއިލާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަން ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދިން ކަމަށާ ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާގެ ޕްލޭނަކާއެކު 3 ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ވެސް އާއިލާއާ ވާހަކަދެކެވިފައިވާ ކަމަށް އާސަންދައިން ވަނީ ފާހަގަކޮށްފައެވެ.

”18 އޮގަސްޓް 2024ގެ ނިޔަލަށް ހޮސްޕޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދު ތަކުގެ ފައިނަލް ބިލު ލިބިފައިވާއިރު ޖުމްލަ އަރާފައިވނީ 89,339.91 އެމެރިކާ ޑޮލަރެވެ. އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖުތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައެވެ.“ އާސަންދަގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.