އިސްރާއީލުގެ ނިރުބަވެރިން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގުގެ އައްސޭރީގައި ހަރަކާތްތެރިވަނީ:ޕޮޓޯ/އަލް-ޖަޒީރާ
ދުނިޔެ
12 Sep 2024 | 17:14
އިސްރާއީލުން ހުޅަނގު އައްސޭރިއަށް ހަމަލާދީ 3 މީހަން ޝަހީދުކޮށްލައިފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ހިފާފައިވާ  ފަލަސްތީނުގެ ހުޅަނގުގެ އައްސޭރީގައި ރޭ ދިން ވައިގެ ހަމަލާގައި 3 މީހަކު ޝަހީދުކޮށްލާފައިވާއިވާ ކަމަށް އަލް- ޖަޒީރާއިން ބުނެފިއެވެ.

މިހާރު ހައްދުފަނަ އަޅާފައިވާ އިސްރާއީލުން ހިފާފައިވާ ހުޅަނގުގެ އައްސޭރީގައި ހިންގަމުންދާ ގަތުލުއާންމަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅުގެ ފަހުން ފަލަސްތީނުގެ ސަރަހައްދުގައި އިސްރާއީލުން ހިންގި އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަނެވެ.

މި ގަތުލުއާންމަށް ކުރިއަށއދާތާ މިއީ ތިން ވަނަ ހަފުތާ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ފަލަސްޠީނުގެ ވަފާ ނިއުސް އެޖެންސީން ބުނީ ބުދަ ދުވަހުގެ ރޭ ތުލްކަރޭމް ސިޓީގައި ވެހިކަލަކަށް ދިން ޑްރޯން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލާފައިވާކަމަށެވެ. އަދި ތޫބާސް ސިޓީ ކައިރީގައި އޮންނަ ފަރާ ރެފިއުޖީ ކޭމްޕްގައި އިޒްރޭލުގެ ސްނައިޕަރަކު ދިން ހަމަލާއެއްގައި އިތުރު މީހަކު ޝަހީދުކޮށްލާފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އިޒްރޭލުން ތުލްކަރޭމަށް ދިން ޑްރޯން ހަމަލާގައި ވެހިކަލުގެ އިތުރުން ކައިރީގައި ހުރި ގެއެއްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް ވަފާ ނިއުސް އިންވަނީ ބުނެފައެވެ އެވެ.

މީޑިއާތަކުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މި ހަމަލާގައި ޝަހީދުކޮށލާފައިވާ 3 މީހުންވެސްވަނީ މީހާ ނޭންގޭވަރަށް އަންދާފައެވެ.

އަދި ފަރާގައި އިސްރާއީލުގެ ސްނައިޕަރު ދިން ހަމަލާގައި ޝަހީދުކޮށްލާފައި ވަނީ އުމުރުން 46 އަހަރުގެ ސުފްޔާން ޖަވާދު ފާއިޒް އަބްދުލް ޖަވާދުއެވެ.

އޭނާ ޝަހީދުކޮށްލާފައިވަނީ ހިތަށް ބަޑި ޖަހައިގެން ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

އޮގަސްޓު މަހުގެ 28 ވަނަދުވަހުންފެށިގެން މިއަދާހަމައަށް 50 މީހުންވަނީ ހުޅަނގުގެ އައްސޭރީން ޝަހީދުކޮށްލާފައެވެ

މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހިފާފައިވާ ހުޅަންގުގެ އައްސޭރިން 702 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އަދި 5،700 އަށްވިރެ ގިނަ މީހުންވަނީ ޒަހަމަކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.