އިސްރާއީލުގެ ސިފައިންގެ އެންމެ އިސްވެރިޔާ ޗީފް އޮފް ސްޓާފްސަ ހެރްޒީ ހަލެވީ:ފޮޓޯ/ މިޑިލްއީސްޓްމޮނީޓާރ
ދުނިޔެ
15 Sep 2024 | 10:39
އިސްރާއީލުގެ ސިފައިންގެ އެންމެ އިސްވެރިޔާ އިސްތިއުފާދޭން ނިންމައިފި

އިސްރާއީލުގެ ސިފައިންގެ އެންމެ އިސްވެރިޔާ އިސްތިއުފާދޭން ނިންމާފައިވާކަމަށް އެ ގައެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލުގެ ސިފައިންގެ އެންމެ އިސްވެރިޔާ ހެރްޒީ ހަލެވީ، އިސްތިއުފާދޭން ނިންމީ މިދިޔައަހަރުގެ އޮކްޓޯބަރު 7 ގައި ފަލަސްތީނު މިނިވަން ކުރުމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާޢަތުން އިސްރާއީލަށް ވަދެގަތުމުގެ ހަމަލާ ހުއްޓުވުމަށް ނުކުޅެދުނު ކަމަށްޓަކައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނެފައިވާ ގޮތުގައި ހަލެވީ އިސްތިއުފާ ދޭން ނިންމާފައިވަނީ އޮކްޓޯބަރު 7 ގެ ހަމަލާއާ ގުޅިގެން ކުރެވޭ ތަޙުޤީޤުތައް ނިމުމުންނެވެ. މި ތަޙުޤީޤުތަކުގެ ތެރޭގައި އިސްރާއީލުގެ ސިފައިންނަށް އެ ހަމަލާ ހުއްޓުވުމަށް ނުކުޅެދުނު ސަބަބުތައް ބަލައި، އެކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން އިތުރަށް ބުނެފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އޭނާ އިސްތިއުފާ ދޭން ނިންމައިފާ ވާކަމަށް ށެވެ.

އިސްރާއީލުގެ ސިފައިންގެ އިންޓެލިޖެންސް ޔުނިޓް 8200 ގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ޔޮސީ ސަރިއެލް ވެސް ވަނޛ އިސްތިއުފާ ދީފައެވެ. ސަރިއެލްގެ އިތުރުން އިސްރާއީލުގެ ސިފައިންގެ އިސް 7 އޮފިސަރަކު ވަނީ އޮކްޓޯބަރު 7 ގެ ހަމަލާއާ ގުޅިގެންޅިގެން އިސްތިއުފާ ދީފައެވެ. އަދި މީގެ ތެރެއިން ބައެމީހުން ބުނާގޮތުގައި އަމިއްލަ ސަބަބުތައް މީގެތެރޭގައި ހިމެނޭކަމަށެވެ.

މި އިސްތިއުފާތަކުގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެ ޣައްޒާ ޑިވިޝަންގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް، ޝިން ބެޓް ސެކިއުރިޓީ އޭޖެންސީގެ ދެކުނު ސަރަޙައްދުގެ ވެރިޔާ، އަދި ޣައްޒާ ޑިވިޝަންގެ އިންޓެލިޖެންސް އޮފިސަރެއް ހިމެނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ އެއްގަމު ސިފައިންގެ ވެރިޔާ ތަމީރު ޔަދާއީ މަގާމުން އިސްތިއުފާ ދެއްވީ ތިން އަހަރު އެ މަގާމުގައި ހުންނެވުމަށް ފަހު "އަމިއްލަ ސަބަބުތަކަށްޓަކައި" ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ މިލިޓަރީ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ވެރިޔާ މޭޖާ ޖެނެރަލް އަހާރޮން ހަލީވާ އިސްތިއުފާ ދެއްވީ ފަލަސްތީނު މިނިވަން ކުރުމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ހަމަލާ އަންދާޒާ ނުކުރެވުމުން މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އެވެ.
މިލިޓަރީ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ރިސާޗް ޑިވިޝަންގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަމިތު ސާރް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި އިސްތިއުފާ ދެއްވީ "އަމިއްލަ ސަބަބުތަކާ ހުރެ، އޮކްޓޯބަރު 7 ގެ ހަމަލާއާ ބެހޭ ގޮތުން އެ ޔުނިޓުން އެލާމް ނުޖަހައި، ސިއްހީ ހާލަތުގެ ސަބަބުން" ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަދި ޑިސެމްބަރު މަސް ނިމުމުގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ލުބްނާނާ އެކު ހަނގުރާމައަކުރުމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރުން ފެށިގެން މިހާތަނަޑް 41،100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.