މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ވާހަކަ ދައްކަވަނީ.—
ހަބަރު
18 Sep 2024 | 18:06
މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލި މައްސަލައިގައި އެމްއެންޑީއެފްގެ ދެމީހުން ހިމެނޭ

މާލޭގައި މީހަކު ރަހީނުކޮށް، ޖިސްމާނީ ގޮތުން އަނިޔާދީ، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންގެ ތެރޭގައި އެމްއެންޑީއެފްގެ ދެ އޮފިސަރުން ހިމެނޭ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި މައްސަލަ ހިނގާފައިވަނީ މިއަހަރުގެ މެއި 25 އިން ޖޫން 25 އާ ދެމެދުގެ މުއްދަތުގައެވެ. އަނިޔާ ލިބުނު ފަރާތަކީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފައެވެ. އަނެއް މީހާ ބަންދުގައި ބަހައްޓާފައިވަނީ ތަޙުޤީޤު މަރުޙަލާ ނިމެންދެނެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލައިގައި 18 އަހަރުން ދަށުގެ ތިން ކުދިން ހިމެނޭތީ، އެ ކަންވެސް ބަލަމުންދާ ކަމަށެވެ. އަދި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ދެ މީހަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ މީހުން ކަމަށާއި، މި މަޢުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށް، އެ މުއައްސަސާއިން ވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

"މިދެންނެވުނު ފަރާތަށް ޖިސްމާނީ ގޮތުން އެކިވަރުގެ ބޮޑެތި އަނިޔާތައް ދީފައިވާކަން އޭނާގެ ހަށިގަނޑު ބެލިބެލުމުން ފާހަގަ ކުރެވިފައިވޭ. އެގޮތުން އޭނާގެ ވައަތު ލޯމަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން ވައަތު ލޮލަށް ލޭއަރައި، ލޯކައިރި ވަރަށް ބޮޑަށް ދުޅަވެ، ނޫފައި ގަނެފަ ހުރިކަން ފާހަގަ ކުރެވޭ. އޭގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކާއި އޭނާގެ ހަށިގަނޑު އެކިތަންތަނުގައި ތަޅާ މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ޒަހަމްތަކެއް ވެސް ފެންނަން ހުރިކަން ފާހަގަ ކުރެވުނު. ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފަވާކަން ފާހަގަ ކުރެވުނު" 

ޝިފާއު ވިދާޅުވިއެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް އެކި ބާވަތުގެ އަނިޔާތައް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި އަލިފާނުގެ އަނިޔާއާއި މާރާމާރީގެ އަނިޔާގެ އިތުރުން، އޭނާގެ ވާތު ކުޑަވާ އިނގިލި ބުރިކޮށްލާފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ. މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ.

ކޮމެންޓް
އަމާން
ކޮމެންޓް ޖެއްސަސް ނުޖެއްސަސް ޙައްލަކީ ޢުމަރު...ފިޔަވަޅު އަޅަން ކެރޭނެ...ކުރާނެ....އެހިތްވަރު ހުންނާނެ....މަޑުޗަކުން ޗައްޕާހުންނަކަށް ނުކުރެވޭނެ.
18 Sep 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.