ފުލުހުން މިއަދުބޭއްވި ޕްރެސް --
ހަބަރު
18 Sep 2024 | 20:30
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހެދި ސަބަބު ފުލުހުން ހާމަކޮށްފި

ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހެދި ސަބަބު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހެދީ ތަޙްޤީޤަށް އެކަން ކުރަން ނުފެންނާތީ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްޞިލެއް ފުލުހުން ނުދެއްވައެވެ.  

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވި ގޮތުގައި ޒަކިއްޔާގެ ހަށިގަނޑުން ތަޙްޤީޤަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވެއެވެ. އަދި އޮޓޮޕްސީ ނުހަދަން ނިންމީ ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ރައުޔު ލިބުމުންނެވެ.

ރާއްޖެއިން ބޭރަށް ގެންގޮސްގެން އޮޓޮޕްސީއަކަށް އަޅުގަނޑުމެން ނުދިޔައީ ފުލުހުންގެ ތަހުގީގަށް ހަށިގަނޑުން ނަގަންޖެހޭ ސާމްޕަލްތައް ތަހުލީލުތައް ކޮށް އެ ތަހުލީލުތަކުންނާ އަދި ސްޕެޝަލިސްޓް ޑޮކްޓަރުގެ ފަރާތުން އަޅުގަނޑުމެން ހޯދަން ބޭނުންވި ރައްޔުތައް ހޯދުމަށްފަހު އިތުރަށް އޮޓޮޕްސީ ހަދަންޖެހޭ ސަބަބެއް އޮތް ކަމަށް ތަހުގީގަށް ނުފެންނާތީ

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވިއެވެ. 

މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރުއެވެ. ޒަކިއްޔާގެ ހަށިގަނޑު ފެނުނީ އެ ގެއަށް ކުނި ނަގަން ވަތް މުނިސިޕަލް މުވައްޒަފުންނަށެވެ. ހަށިގަނޑު ފެނުނުއިރު ކަރުގައި ވަޅި އަޅާފައިވާއިރު، ކައިރީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

ފުލުހުންގެ ތަޙްޤީޤަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް، 12 ސެޕްޓެންބަރު 2024 ގައި ވަޅުލާފައިވެއެވެ. ވަޅުލާފައިވަނީ ޒަކިއްޔާގެ އުފަންރަށް ނ.ހޮޅުދޫގައެވެ.

ފުލުހުން ވިދާޅުވީ ތަޙްޤީޤު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް، ފަހުން މި މައްސަލައިގެ އިތުރު މަޢުލޫމާތުތައް ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.