ހުޅުމާލެ ފޭސް 2 --
ހަބަރު
18 Sep 2024 | 21:30
ހުޅުމާލޭން އެޕާޓްމަންޓް ގަތުމުގައި ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްޤީކުރާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމުގައި ފައިސާގެ މުޢާމަލާތްތަކަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެޕާޓްމަންޓްތައް ވިއްކުމުގެ މުޢާމަލާތްތައް ކުރިއަށްދާނީ މަޝްރޫޢު ހިންގާ ފަރާތާއި ގަންނަ ފަރާތާ ދެމެދު އެއްބަސްވާ ގޮތަކަށެވެ. ނަމަވެސް، ފައިސާގެ މުޢާމަލާތްތައް ކުރަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެޗްޑީސީން ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި، އެޕާޓްމަންޓް ވިއްކަން ފެށުމުގެ ކުރިން ގިނަވެގެން 50,000 ރުފިޔާގެ ރީފަންޑަބަލް ބުކިން ފީއެއް ނެގިދާނެ ކަމަށާއި، އެޕާޓްމަންޓް ވިއްކަން ހުޅުވާލެވޭނީ އިމާރާތުގެ 20% ނިންމުމަށްފަހު އެޗްޑީސީގެ ހުއްދައާއެކު ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އަސޭރިޔާ ޕްރޮޖެކްޓަށް 950,000 ރުފިޔާގެ ރީފަންޑަބަލް ބުކިން ފީއެއް ނެގުމުގެ ހުއްދަ ދީފައިވާ ކަމަށާއި، ބައެއް މަޝްރޫޢުތަކުގައި އިމާރާތުގެ 20% ނުނިމުނު ނަމަވެސް، އެޗްޑީސީއާއި ޑިވެލޮޕަރާ ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އެޕާޓްމަންޓް ގަނެވިދާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފައިސާގެ މުޢާމަލާތް ކުރުމުގެ ކުރިން މި ކަންކަމަށް ސަމާލުވުމަށެވެ. މިއީ އެޕާޓްމަންޓް ގަންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ވިނަރެސް އެޕާޓްމަންޓެއްގެ ކުޑަދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެ
މި ހާދިސާގައި ވެއްޓުނު ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް މުޅިތަނަށް ބިއްލޫރިތައް ވަނީ ފެތުރިފައެވެ
28 Jun 2026
ސަމާލުވޭ! ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑު ސަރަހައްދުން ކޮންޓެއިނާތަކެއް އޮޔާދަނީ
ކޮންޓެއިނަރ ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން
27 Jun 2026
އަޑިއަށް ދިޔައީ މުދާ ބަރުކޮށްގެން ވ އަތޮޅަށް ދާން އުޅުނު ދޯންޏެއް
"ކުރިމަގު" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން
27 Jun 2026
ޓީޖެޓީ ސަރަހައްދުގައި އޮތް މުދާ އުފުލާ އުޅަނދެއް އަޑިއަށްދަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ބޮޑުބައި މިހާރު ފެނު އަޑީގައި އޮތްއިރު، އެ ދޯނީގައި މުދާވެސް ހުއްޓެވެ.
27 Jun 2026
އެންތުރޮޕިކް އިން އަލީބާބާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް
އެންތުރޮޕިކް އިން އެމެރިކާގެ ސެނެޓަރުންނަށާއި ވައިޓް ހައުސްގެ އޮފިޝަލުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، އަލީބާބާގެ ކިއުވެން އޭ.އައި ލެބާ ގުޅުންހުރި ފަރާތްތަކުން ވަނީ ގަވާއިދާ ހިލާފަށް 25،000 އަށްވުރެ ގިނަ ފޭކު އެކައުންޓު ހަދައިގެން ކްލޯޑް މޮޑެލްއަށް އެކްސެސް ހޯދާފައެވެ
27 Jun 2026
އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި
"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ
27 Jun 2026
ބޭކާރު ޚަރަދޭ ވިދާޅުވުމުން ތަރުޖަމާނުގެ ރައްދެއް ރައީސް ނަޝީދަށް
ތަރުޖަމާނު ވިދާޅުވީ ދެމެހެއްޓެނިވި ވިސްނުމެއްނެތި ވަގުތީގޮތުން ބޭނުންކޮށްލެވޭގޮތަށް ބިނާ ކުރި އެ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއްކަމަށެވެ
27 Jun 2026
ބެލްޖިއަމާއި މިސްރު ގަދަ 32 ޓީމް ތެރެއަށް، އީރާން އިންތިޒާރުގައި
އީރާނުގެ އުންމީދުތައް މިހާރު ބިނާވެފައިވަނީ ގްރޫޕް ޖޭ، ކޭ އަދި އެލްގެ ނަތީޖާތަކަށެވެ