ގެއްލުނު ތަސްލީމު --
ހަބަރު
18 Sep 2024 | 22:08
ތަސްލީމު ހޯދަން ޔެލޯ ނޯޓިސް ނެރުނީ ރާއްޖެއިން ފުރިކަމަށް ބަލާފައެއް ނޫން: ފުލުހުން

ކ. ހުވަފެންފުށިން ގެއްލުނު ތަސްލީމު ހޯދަން ޔެލޯ ނޯޓިސް ނެރުނީ ރާއްޖެއިން އޭނާ ފުރިކަމަށް ބަލާފައެއް ނޫން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުޙައްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރުމާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން މިއަދު ހާމަކޮށްފައިވާއިރު، ފުލުހުން ބުނެފައިވަނީ މި ނޯޓިސް ނެރުނީ ތަސްލީމް ރާއްޖެއިން ބޭރަށް ދިޔަކަމަށް ގަބޫލުކުރެވޭތީ ނޫން ކަމަށެވެ.

ތަސްލީމް ގެއްލުނީ މިދިޔަ އޯގަސްޓް 30 ވަނަ ދުވަހުގެ ހެނދުނު 10-11 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ އެ ފަސްގަނޑަށް ދިޔައީ އުފަންދުވަހުގެ ޕާޓީއަކާއި އެންގޭޖްމަންޓް ޕާޓީއަކަށް ބެކްޑްރޮޕް އަދި ލައިޓިންގގެ މަސައްކަތް ކުރުމަށެވެ. މި ދަތުރުގައި 25 މީހުންނާއި ދެ ކުޑަކުދިން ބައިވެރިވިއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ކުރިއަށް ގެންދަމުންނެވެ. މިގޮތުން ތަސްލީމްގެ ފޯނާއި ލެޕްޓޮޕްގެ ފޮރެންސިކް ތަޙުލީލު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފުލުހުންގެ އަދި އެމްއެންޑީއެފްގެ ޑައިވިން ޓީމުތަކުން އެ ސަރަޙައްދު ފުޅާ ދާއިރާއެއްގައި ބަލާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ތަސްލީމް ރާއްޖެއިން ބޭރަށް ގޮސްފައިވާކަން އެނގިފައިނުވާ ކަމަށެވެ. ނަމަވެސް، އެއްވެސް ފުރުސަތެއް އޮތްތޯ ބެލުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ތަސްލީމް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި މި މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ފުލުހުންނަށް އެންގުމަށް އާންމުންނަށް ގޮވާލާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.