އދ.ގެ އާންމު މަޖިލީހުގެ ޖަލްސާ:ފޮޓީ/އޭއެފްޕީ
ހަބަރު
19 Sep 2024 | 11:36
އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެންނަން ހުށަހެޅި ޤަރާރަށް ރާއްޖެއިން ތާއީދުކޮށްފި

ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުގެ ޒަޔަނިސްޓް ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުން ފޭބުމަށް އިޒްރޭލާ ދެކޮޅަށް ފަލަސްތީނުން އދ.ގެ ޢާންމު މަޖިލީހަށް ހުށަހެޅި ޤަރާރަށް ތާއިދުކޮށް ރާއްޖެއިން ވޯޓް ދީފިއެވެ.

މި ގަރާރުގައި އިޒުރޭލަށް ގޮވާލާފައިވަނީ ޔަހުދީ އިސްތިއުމާރީ ބާރުތަކުން ހިސާރުކޮށްފައި އޮތް ފަލަސްތީންގެ ބިންތަކުން އެއް އަހަރު ތެރޭގައި ޔަހޫދީން ފައިބައި ފަލަސްތީނާ ބިންތައް ހަވާލުކުރުމަށެވެ. އދ. ގެ އާންމު މަޖިލީހުން ވަނީ މި ގަރާރެއް ފާސްކޮށްފައެވެ.

މި ގަރާރު ފާސްކުރުމަށް ރާއްޖެ ހިމެނޭހެން 124 ގައުމަކުން ވަނީ ވޯޓު ދީފައެވެ.އަދި 14 ގައުމަކުން ދެކޮޅަށް ވޯޓިދީފައިވެ އެވެ. އަދި 43 ގައުމަކުން ވަކިކޮޅަކަށް ވޯޓުދީފައެއް ނުވެ އެވެ.

ފަލަސްތީންގެ މި ގަރާރަށް ތުރުކީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވެއެވެ. އަދި އާންމު މަޖިލީހަށް މި ގަރާރު ވެއްދުމަށް 50 ގައުމަކުން އެހީތެރިވެފައި އެވެ.

މި ގަރާރުގައި ބުނެފައި ވާ ގޮތުން 1967 ވަނަ އަހަރުން ފެށިގެން އިޒުރޭލުންގެ ފަލަސްތީނުގައި އެޅެމުންދާ އާބާދިތަކަކީ ދުނިޔޭގެ ހުރިހާ ގާނޫނަކާ ހިލާފަށް ހަދާފައި ހުރި އަބާދީ ތަކެއްކަމަށެވެ. ފަލަސްތީންގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިންތަކުން ބޭރުކޮށް އެހެން ބައެއްގެ ވަޒަން ފޭރިގެންފައި އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި ގަރާރު ބާރުއަޅަނީ 1967 ވަނަ އަހަރު އިޒުރޭލުން ވެރިވެގަތް ބިންތައް ދޫކޮށްލުމަށެވެ. އަދި ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުން ހުއްޓުވާލައި, ވަޒަންވެރިކޮށްފައި ހުރި ބިންތައް ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފަ އެވެ.

ފަލަސްތީނުގެ ހައްޤުގައި ރާއްޖެއިން އަބަދުވެސް ބައިނަލްއަގުވާމީ މައިދާނުގައި އަޑުހަރުކޮށް ވަކާލާތު ކުރެއެވެ. ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމުތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފަައިވެސް ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.