ބޭރޫތު ހަމަލާގެ ބަދަލު ހިފާނެކަމަށް ޙިޒްބުﷲއިން ބުނޭ --- ފޮޓޯ: އަނަޑޯލު
ދުނިޔެ
21 Sep 2024 | 07:21
ދެކުނު ބެއިރޫތަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 14 އަށް

ދެކުނު ބެއިރޫތަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 14 އަށް އަރައިފާވާއިރު، 66 މީހުން ޒަޚަމްވެއްޖެކަމަށް ލިބަނޯނުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ. މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން 9 މީހުންގެ ހާލަތު ނުރައްކާތެރިކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ރަސްމީ ލިބަނީސް ނޭޝަނަލް ނިއުސް އެޖެންސީން ބުނާގޮތުގައި ހަމަލާ އަމާޒުވެފައިވަނީ ދެކުނު ސަރަޙައްދުގެ ޖަމޫސް އަވަށުގައި ހުރި ޢާއްމުން ދިރިއުޅޭ އިމާރާތެއްގެ އެޕާޓްމަންޓަކަށެވެ. ހަމަލާ ދިނުމާއެކު އެމްބިއުލާންސްތަކާއި ސިވިލް ޑިފެންސްގެ ޓީމްތައް ސަރަޙައްދަށް އަވަސްވެގަނެ، ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެންދެވުނެވެ.

އިސްރާއީލުގެ އިސް އޮފިޝަލެއް ބުނާގޮތުގައި މި ހަމަލާގެ އަމާޒަކީ ޙިޒްބުﷲގެ އިސް ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ އިބްރާހީމް އަޤީލްއެވެ. އަދި އިސްރާއީލުގެ ހަނގުރާމަވެރި ބާރުތަކުން ބުނެފައިވަނީ އަޤީލްގެ އިތުރުން ޙިޒްބުﷲގެ ހާއްސަ ރިޟްވާން ބާރުގެ އިސް ކޮމާންޑަރުންތަކެއް މި ހަމަލާގައި މަރާލެވުނު ކަމަށެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީ ބުނެފައިވަނީ މި ހަމަލާއިން އަނެއްކާވެސް ސާބިތުވަނީ އިސްރާއީލުގެ ޢަދުއްވުން އިންސާނީ، ޤާނޫނީ އަދި އަޚްލާޤީ އެއްވެސް މިންގަނޑެއް ނުބަލާކަމެވެ. އަދި އިސްރާއީލުން މިހާރު ކުރަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލެއް ކަމެވެ.

މި ހަމަލާ ދީފައި މިވަނީ އިސްރާއީލުން ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގައި އިސްރާއީލުން ފަށާފައިވާ ގަތުލުއާންމުގައި މިހާތަނަށް ގާތްގަނޑަކަށް 41,300 މީހުން ވަނީ މަރުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.