ޑެންމާކްގައި ވަރަށް ޅަކުދިންވެސް ސޯޝަލްމިޑިއާ މެދުވެރިކޮށް ކުށުގެ ވެއްޓަށް މަޖުބޫރުން ގެންދޭ ---
ދުނިޔެ
21 Sep 2024 | 23:58
ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކުށުގެ ވެށިތަކަކަށް ނުހެދުމަށް ޑެންމާކުން އިލްތިމާސްކޮށްފި

ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން އެމީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކުށުގެ ވެށިތަކަކަށް ނުހެދުމަށް ޑެންމާކުން އިލްތިމާސްކޮށްފިއެވެ. 

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ޖަރީމާ ހިންގާ ފަރާތްތަކުގެ މާލަންތަކަކަށް ވިޔަ ނުދިނުމަށް، އެ ޕްލެޓްފޯމްތަކުގެ ވެރިންގެ ޒިންމާ އަދާކުރުމަށް ޑެންމާކުން ގޮވާލައިފައިވަނީ ނޯޑިކް ގައުމުތަކުގެ ވަޒީރުންނާއި ގޫގުލް، މެޓާ، ސްނެޕްޗެޓް އަދި ޓިކްޓޮކްގެ ބޮޑެތި ވެރިންނާ ދެމެދު ސްވީޑަންގެ އަޕްސަލާ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ބައްދަލުވުމަކާ ދިމާކޮށެވެ.

"އަޅުގަނޑުމެން ނޯޑިކް ވަޒީރުން އެއްބަސްވަނީ މި މައްސަލަ ޙައްލުކުރުމަށް އެކުގައި މަސައްކަތްކުރަން ޖެހޭކަމަށެވެ. އޭގެ ތެރޭގައި ޓެކް ޖަޔަންޓުން އެމީހުންގެ ޒިންމާ އަދާކުރުމަށް ސަމާލުވުން ހިމެނެއެވެ. އެއީ އެމީހުންގެ ޕްލެޓްފޯމްތައް ނުރައްކާތެރި ކުށްތައް ހިންގުމަށް ބޭނުންކުރާ ތަންތަނަށް ނުހެދުމަށްޓަކައެވެ." ޑެންމާކުގެ އަދުލު އިންސާފުގެ ވަޒީރު ޕީޓަރ ހަމްމެލްގާޑް ވިދާޅުވިއެވެ.

ވަޒީރު ކަންބޮޑުވުން ފާޅުކުރެއްވީ ގޭންގުތަކުން ސޯޝަލް މީޑިއާ އަދި އެންކްރިޕްޓް ކުރެވިފައިވާ މެސެޖިން ޚިދުމަތްތައް ބޭނުންކޮށްގެން ނުރައްކާތެރި ޖަރީމާތައް ރާވައި، ވަރަށް ޅަ ކުދިން އެކަންކަމަށް ރެކްރޫޓްކުރަމުންދާކަމުގެ ރިޕޯޓުތަކާ ގުޅޭގޮތުންނެވެ.

"ބައެއް ޕްލެޓްފޯމްތަކުގައި އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުންނަށް އަނިޔާވެރިކަމާއި މާރާމާރީ ހިންގުމަކީ ހަމައެކަނި ވަޒީފާގެ ފުރުސަތެއްގެ ގޮތުގައި ފެންނަނީ،" އޭނާ ވިދާޅުވިއެވެ.

އޯގަސްޓް މަހު ޑެންމާކުގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޓޯބެން ސްވަރާ ހާމަކުރެއްވި ގޮތުގައި، ސްވީޑަންގެ ޒުވާނުން ޑެންމާކުގައި ނުރައްކާތެރި ޖަރީމާތައް ހިންގުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން ގެންގުޅޭ މައްސަލަތައް ފުލުހުންނަށް ފެނިފައިވެއެވެ.

"ކުށްވެރިން ސޯޝަލް މީޑިއާގައި ނުރައްކާތެރި ޖަރީމާތައް ހިންގަން ބޭނުންވާ މީހުން ހޯދަމުންދާކަން އަޅުގަނޑުމެންނަށް ފެނިފައިވެއެވެ. އަދި ހިތާމައަކީ ސްވީޑަންގެ ޒުވާނުން ފައިސާ ދިނުމުން އެކަން ކުރަން އެއްބަސްވާ ތަން ފެންނަމުންދާކަމެވެ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.