އަނޫރަ ކުމާރަ ދިސަނާޔަކެ
ދުނިޔެ
22 Sep 2024 | 10:03
ލަންކާގެ ރައީސަކަށް އަނޫރާ ހޮވިދާނެ ކަމަށް ބެލެވެން ފަށައިފި!

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ނުފޫޒުގަދަ ސިޔާސީ ވަރުގަދަ ލީޑަރުން ބަލިކޮށް ކުޑަ ޕާޓީއަކުން ކުރިމަތިލައިފައިވާ އަނޫރާ ކުމާރަ ޑިސެނަޔަކަ ކުރިއަރަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތީޚާބުގައި ވޯޓުލާ ނިމި މިހާރު ކުރިއަށް ދަނީ ވޯޓު ގުނުމުގެ މަސައްކަތްތަކެވެ. މިހާތަނަށް ގުނި ވޯޓުތަކުން ވާދަވެރި ނަތީޖާއެއް ފާޅުވަމުން އަންނައިރު ގިނަ ބަޔަކު ބުނަނީ އިންތިޚާބު ކާމިޔާބުކުރައްވާނީ އަނޫރާ ކުމާރު ޑިސަނަޔަކެ ކަމަށެވެ.

ސްރީލަންކާގައި އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ޕޯސްޓަލް ވޯޓުގެ 7 ދާއިރާއެއްގެ ނަތީޖާ މިހާތަނަށް ލިބިފައިވާއިރު، "ނޭޝަނަލް ޕީޕަލްސް ޕަވަރ" (އެންޕީޕީ) ގެ ލީޑަރު އަނޫރަ ކުމާރަ ދިސަނާޔަކެ ވަނީ އެހެން ކެންޑިޑޭޓުންނަށްވުރެ ބޮޑު ތަފާތަކުން ކުރިއަރައިފައެވެ. މި ނަތީޖާތަކުން އޭނާ ވަނީ ސްރީލަންކާގެ ނުވަވަނަ އިންތިޚާބީ ރައީސަކަށް ވުމުގެ ފުރުސަތު ބޮޑުވެފައެވެ.

އޭނާއަށް 52 ޕަސެންޓް ވަނީ ލިބިވަޑައިގެންފަ އެވެ. ރަނިލްއަށް 16.4 ޕަސެންޓް، ސަޖިތަށް 23.86 ޕަސެންޓް އަދި ނަމާލްއަށް 2.94 ޕަސެންޓް އެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައީ ހޮނިހިރު ދުވަހު ހެނދުނު 7 ން ހަވީރު 4 އަށެވެ. މުޅި ޤައުމުގެ 13,400 އަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކެއްގައި ވޯޓުލުން ކުރިއަށް ދިޔައެވެ.

ޑިސަނަޔަކެ ހޯއްދަވަމުންދާ ނަތީޖާއަށް ލަންކާ ސަރުކާރުގެ ބައެއް ވަޒީރުން މަރުހަބާ ދަންނަވައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ މިހާރުވެސް ދަނީ ސޯޝަލް މީޑިއާތަކުގައި ޝުއޫރު ފާޅުކުރައްވަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލަންކާގެ ސިޔާސީ މައިދާނުން ޑިސަނަޔަކެއަށް ކުއްލި މަޝްހޫރުކަމެއް ލިބިވަޑައިގެންފައި މިވަނީ އާންމުންގެ ޝުއޫރުތަކާ އޭނާ ކުޅުއްވާލެއް މޮޅުކަމުންނެވެ.

ލަންކާގެ އިގުތިސާދަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކޮރަޕްޝަން ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ. ނިކަމެތި މީހާއަށް ވަޒީފާއެއް ނުދެވިގެން އުޅެނީ މަޝްހޫރުކަން ހޯދަން ވެރިން މަސައްކަތްކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިސަނާޔަކެ ކާމިޔާބުކޮށްފިނަމަ، އޭނާއަކީ ސްރީލަންކާގެ ފުރަތަމަ މާކްސިސްޓު ރައީސްކަމަށް ވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.