ޣައްޒާ
ދުނިޔެ
22 Sep 2024 | 09:54
ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ހަމަލާދީ 22 މީހުން ޝަހީދުކޮށްލައިފި

ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދުގައި ހުރި ސްކޫލަކަށް އަމާޒުކޮށް ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުން އިސްރާއީލުން އިއްޔެ ދިން ވައިގެ ހަމަލާގައި ޣައްޒާގެ 22 މީހަކު ޝަހީދުކޮށްލައިފިއެވެ.

ހައްދުފަހަނަ އަޅާފައިވާ އިޒްރާއީލުން މި ހަމަލާދިނީ ހަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސަރަހައްދެއް މި ސުކޫލުގައި ހުރި ކަމަށް ބުނެއެވެ.

އިސްރާއީލުން ދިން މި ހަމަލާގައި ޝަހީދިކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ ތެރޭގައި 13 ކުޑަކުދިންނާއި ހަ އަންހެނަކާއި ތިން މަހުގެ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ. އަދި ދުނިޔެއަށް އުފަންނުވާ ކުޑަކުއްޖެއްވެސް ހިމެނެއެވެ. 

މި ހަމަލާގައި އިތުރު 30 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 9 ކުޑަކުދިން ހިމެނޭ ކަމަށްވެސް މީޑިއާ އޮފީހުން ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމަކީ ޝަހީދުވި އަންހެނެއްގެ ކައިރީގައި ބަނޑަށް ނުވަ މަސް ވެސް ނުވާ ކުޑަ ކުއްޖަކު ޝަހީދުވެފައި އޮއްވައި ފެނުމެވެ. އަންހެން މީހާގެ ހަށިގަނޑުގެ ބައިތައް ވަކިވި ވެފައިވާއިރު، ބަނޑުގައި އޮތް ދަރިފުޅު ވެސް އޮތީ ބޭރަގައެވެ.

ފަލަސްތީނުގެ މީޑިއާއަކުން އާންމުކޮށްފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ޝަހީދުވެފައިވާ އެ ކުއްޖާ ދަބަހަކަށްލާ މަންޒަރު ފެނެއެވެ.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް، 41،391 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެ ހަމަލާތަކުގައި 95،760 މީހުން ޒަހަމްކޮށްލާފައިވެއެވެ. ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 119 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.