އަލް-ޖަޒީރާގެ އޮފީހެއް:ފޮޓޯ/އަލް-ޖަޒީރާ
ދުނިޔެ
22 Sep 2024 | 12:01
އަލް-ޖަޒީރާގެ އޮފީހަކަށް އިސްރާއީލްގެ ސިފައިން ވަދެ، ސުންނާފަތި ކުރަނީ!

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ހުންނަ އަލް-ޖަޒީރާގެ އޮފީހަށް، އިސްރާއީލްގެ ސިފައިން ވަދެގަނެ، އެ ތަން ސުންނާފަތި ކުރަން ފަށައިފިއެވެ.

ރިޕޯޓުތަންނާއި މީޑިއާތަކުގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ގެންނަގޮތުގައި އިސްރާއީލްގެ ސިފައިން ވަނީ އޮފީހަށް ވަދެގަނެ، އެ ތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެވެ. އަދި އެ އޮފީސް ބަންދު ކުރުމަށް އިސްރާއީލް ސިފައިން އަމުރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ހުންނަ އަލްޖަޒީރާގެ އޮފީހަށް ހުކުރު ދުވަހު ވަދެ 45 ދުވަހުގެ މުއްދަތަށް ބަންދު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އަދި އޮފީސް ހުސްކުރުމަށް ދިނީ 10 މިނެޓުކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ޣައްޒާގެ މީޑިއާ އޮފީހުގެ ބަޔާނުގައި އިސްރާއީލްގެ މި އަމަލު ކުށްވެރިކޮށް އެކި ފަރާތްތަކުން ބަޔާން ނެރުމަށް ގޮވާލައިފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ނޫސްވެރިންނާއި މީޑިއާތަކުން ވެސް އަލް-ޖަޒީރާއާ އެކުގައި ތިބި ކަން ހާމަކުރުމަށް ގޮވާލާފައިވެއެވެ.

އަލްއުމާރީއާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިން ޓްރަކެއް ގެނައީ ލިޔެކިޔުންތަކާއި އާލާތްތަކާއި އޮފީސް މުދާ އަތުލުމަށެވެ.
އަލްޖަޒީރާގެ އޮފީސް ބަންދު ކުރުމުގެ އަމުރު ނެރުނު ސަބަބެއް ހާމަކޮށްފައި ނުވާ ކަމަށް އެ ނޫސް އެޖެންސީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.