އުޅަނދުތައް ޓޯކުރުމުގެ ހަރަކާތުގެ ތެރެއިން
ހަބަރު
22 Sep 2024 | 12:26
ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ 224 ސައިކަލު ޓޯކޮށްފި

މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ 224 ސައިކަލު ޓޯކޮށްފި އެވެ.

މާލޭގެ މަގުތަކުން ބޭނުންކޮށް ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ނެގުމަށް މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ލޯކަލް ގަވަމެންޓް މިނިސްޓްރީން ގުޅިގެން ފެށި ހަރަކާތުގައި މި އުޅަނދުތައް ޓޯކޮށްފައިވަނީ އިއްޔެ އެވެ.

އެއާއެކު އިއްޔެ ކުރެވުނު މަސައްކަތުން 224 ސައިކަލު ނަގައިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މަގުމަތީގައި ހުރި ދުވަސްވީ އުޅަނދުތައް ނަގާ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުގެ މި ހަރަކާތާ ގުޅިގެން ކައުންސިލްގެ މީޑިއާ އޮފިޝަލު އައިމިނަތު ޝަތުފާ ޝަފީއު މީގެ ކުރިން ވިދާޅުވީ، މާލޭ މަގުތަކުގައި ބޭނުން ނުކޮށް ގިނަ އަހަރުތަކެއްވެފައިވާ ގިނަ އަދަދެއްގެ އުޅަނދުތައް ހުރިކަމަށް ކަމަށް ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި އިންޖީނު ނެތް އުޅަނދުތައް ވެސް ހުރިކަމަށާއި އެވެހިކަލްތަކުގެ ސަބަބުން މަގުގެ ބޮޑު ބައެއް ބޭނުން ނުހިފި ގެއްލޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަރު ކުރީކޮޅުވެސް މާލެ ސިޓީ ކައުންސިލުން ވަނީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން މާލޭގެ މަގުތަކުގައި ހުރި ދުވަސްވީ އުޅަނދުތައް ނަގާ ނައްތާލުމުގެ މަސައްކަތްކޮށްފަ އެވެ. އެފަހަރު ވަނީ ހަތަރު ފުރިޅުލީ އުޅަނދުތަކެއްވެސް ނަގާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.