ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Sep 2024 | 21:00
އޭއައި ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރޭ: ރައީސް މުޢިއްޒު

އޭއައި ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އދ. ގެ "ސަމިޓް އޮފް ދަ ފިއުޗަރ" ގެ އިންޓަރެކްޓިވް ޑައިލޮގްގައި ކޯ-ޗެއާގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވީ އުފެއްދުންތެރިކަން އިތުރުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގެ މަސައްކަތް ރާއްޖެއިން ކުރަމުން އަންނަ ކަމަށެވެ. ޑިޖިޓަލައިޒޭޝަންގައި ގައުމުތަކުގެ މެދުގައި އޮތް ތަފާތުތައް ނައްތާލުމަށް ގޮވާލެއްވި ރައީސް، މިކަމާ ގުޅޭ ތިން ހުށަހެޅުމެއް ހުށަހަޅުއްވައިފިއެވެ.

ރައީސް މުޢިއްޒު ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ޑިޖިޓަލް އިޤްތިޞާދުގައި ބައިވެރިވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި، އަދި ޑިޖިޓަލައިޒޭޝަންއާއެކު މީހުންގެ ޙައްޤުތައް ރައްކާތެރިކުރުން ހިމެނެއެވެ. ރާއްޖޭގައި މިހާރުވެސް ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ މެދުވެރިކޮށް މި ދާއިރާއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ޑިޖިޓަލް ހުނަރުތަކަށް އިންވެސްޓްކޮށް، ދިވެހިންގެ އީޖާދީ މަސައްކަތްތަކާއި އިޤްތިޞާދު ސިންދަފާތު ކުރުމަށް ހިތްވަރު ދެމުން ގެންދެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މާކެޓްޕްލޭސްތަކާއި ވަޒީފާގެ މާހައުލުގައި ބައިވެރިވުމަށް ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް އިސްކަންދޭ ކަމަށް ވިދާޅުވެ ރައީސް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ގޮތުން ހައި-ސްޕީޑް އިންޓަނެޓް ކަވަރޭޖް ފުޅާކުރުމާއި، އަސާސީ ޚިދުމަތްތައް ޑިޖިޓަލް ކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް އޭއައި ބޭނުންކުރުމަކީ ސަރުކާރުން އިސްކަންދޭ ކަންތައްތަކެއް ކަމުގައި ވިދާޅުވިއެވެ.

އަދި ޑިޖިޓަލައިޒޭޝަންއާއެކު މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވައި، ހުއްދައާ ނުލައި އެކްސެސްތައް ހޯދުމާއި، އެކައުންޓުތައް ހައިޖެކް ކުރުމާއި ޑޭޓާ ޕްރައިވެސީއާ ގުޅުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގޮތުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ އުފައްދާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މާދަމާ ވަނީ އާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އދ. ގެ ސަލާމަތީ މަޖިލީހުގައިވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެއެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމާއި އޭއައި ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކުރައްވާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.