ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ -- ފޮޓޯ: ދަގާޑިއަން
ހަބަރު
23 Sep 2024 | 22:58
ދިވެހިރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހިކުރާނަން: ސްރީލަންކާގެ އާ ރައީސް

ރާއްޖެ އާއި ސްރީ ލަންކާ ދެމެދު އޮތް ތާރީޚީ އަދި ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ކަމަށް އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ އަލަށް އިންތިޚާބުވި ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވަނީ ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިކަން އޭނާ ފާހަގަކުރެއްވީ، ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓުގައި، އަނޫރާގެ ވެރިކަމުގައި ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

މި ޕޯސްޓު ރީޕޯސްޓުކުރައްވައި، އަނޫރާ ވަނީ ރައީސް މުޢިއްޒަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. އިތުރަށް އޭނާ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައިވާ ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، ސަރަޙައްދީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ.

55 އަހަރުގެ އަނޫރާ ވަނީ އިޤްތިޞާދީ ހީނަރުކަމުގައި ސްރީލަންކާ ބަނގުރޫޓުވި ފަހުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގައި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި، ވޯޓުގެ 55.89 އިންސައްތައަށް ވުރެ ގިނައިން ހޯއްދަވައި ކާމިޔާބު ހޯއްދަވާފައެވެ.

ކުރިން މާ މަޤްބޫލުނޫން ލީޑަރެއްގެ ގޮތުގައި ހުންނެވި އަނޫރާއަށް މިފަހަރު ކުއްލި މަޤްބޫލުކަމެއް ލިބިވަޑައިގަތީ ކޮރަޕްޝަނާ ދެކޮޅަށް ކެމްޕޭނުގައި ދެއްކެވި ވަރުގަދަ ވާހަކަތަކާއި، ފަޤީރުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުތަކާ ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.