މިފްކޯއާއި އެގްރިކަލްޗާ މިނިސްޓްރީން މަޝްވަރާކުރުން --
ހަބަރު
23 Sep 2024 | 23:20
މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރުމަށް މަޝްވަރާކޮށްފި

މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން އިތުރަށް ތަރައްޤީކުރުމާ ގުޅޭގޮތުން މިފްކޯ އަދި އެގްރިކަލްޗަރ މިނިސްޓްރީގެ އިސްވެރިންނާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވާއިފިއެވެ.

މިފްކޯގެ ހެޑް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ކުންފުނީގެ ސައިޓުތަކުގައިވާ ދަނޑުބިންތައް ދިރާސާކޮށް، ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކުރުމަށް ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.

ފެލިވަރު އަދި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރުކުރުމާއި، ފުނަށްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި މިފްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީނުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި އެގްރިކަލްޗަރ މިނިސްޓްރީގެ އިސްވެރިން ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން މިފްކޯއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޔަޤީންކަން ދީފައެވެ. މީގެ ތެރޭގައި މިފްކޯގެ ސައިޓުތަކުގެ ދަނޑުބިންތަކާއި، ގަސްގަހާގެއްސާއި، ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާއި ބަލިތައް ދެނެގަނެ ޙައްލުކުރުމަށް އެހީތެރިވުން ހިމެނެއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސަޢީދު (ކޭޑު) ވިދާޅުވި ގޮތުގައި، މިފްކޯއިން ދަނޑުވެރިކަމަށް އިސްކަންދޭން ޖެހުނީ ކުންފުނީގެ ހަރަދުތައް މެނޭޖްކުރުމަށާއި ވިޔަފާރި ޑައިވަރސިފައި ކުރުމަށެވެ. މިގޮތުން، މިފްކޯގެ ސައިޓުތަކުގައި ހުރި ބިންތައް ބޭނުންކޮށްގެން، ކުންފުންޏަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް އުފެއްދުމަށް ވަނީ ވިސްނާފައެވެ.

ކޭޑު އިތުރަށް ވިދާޅުވީ، މިހާރު ކުރާ ދަނޑުވެރިކަމުން ލިބޭ އާމްދަނީ އެކަށީގެންވާ ވަރަށްވުރެ ކުޑަކަމަށެވެ. އެހެންކަމުން، ކަމުގެ މާހިރުންގެ އެހީގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، މިފްކޯއަށް ބޭނުންވާ ސަޕްލައިއަށް ކުރާ ހަރަދު ކުޑަކުރުމަށް ވިސްނާފައިވާ ކަމަށެވެ. އަދި މިފްކޯއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އުފެއްދޭ ތަކެތި ބާޒާރަށް ނެރުމަށްވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.