ފެނަކަ ކޯޕަރޭޝަން އިންސްޓިޓިއުޓް --
ހަބަރު
23 Sep 2024 | 23:35
ސްމާޓް މީޓަރު ތަޢާރަފުވުމުން ކަރަންޓު އިޤްތިޞާދުކުރުމަށް މަގުފަހިވާނެ: ފެނަކަ

ސްމާޓް މީޓަރު ތަޢާރަފުވުމުން ކަރަންޓު އިޤްތިޞާދުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފެނަކައިން ބުނެފިއެވެ. 

އެސްއެސްޓީވީގެ ބާރު 4 ޕްރޮގްރާމްގައި ފެނަކަ ކޯޕަރޭޝަނުގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން ތަޢާރަފުކުރާ ސްމާޓް މީޓަރުގެ ސަބަބުން ކަރަންޓު އިޤްތިޞާދުކުރުމަށް ވަރަށްބޮޑަށް ފަސޭހަވާނެ ކަމަށާއި، ހުރިހާ ރަށެއްގައި މި ޕްރޮޖެކްޓް ހިންގަން ފެށުމުން، ސްމާޓް މީޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ.

ނާޝިތު އިތުރަށް ވިދާޅުވީ، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް "ޓައިމް އޮފް ޔޫސް ޓެރިފް" ބޭނުންކުރުމަށް ގަސްތުކުރާ ކަމަށެވެ. މި ޓެރިފްގެ ދަށުން، ސްމާޓް މީޓަރުން މިނެޓުން މިނެޓަށް، ސިކުންތުން ސިކުންތަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު ދެނެގަނެވޭނެއެވެ. އަދި ކޮންމެ ގަޑިއިރަކަށް ބިލްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޝިތު ފާހަގަކުރެއްވި ގޮތުގައި، ޕީކް ގަޑިތަކުގައި (މެންދުރު 10 އާއި 2 އާ ދެމެދު) ކަރަންޓު އުފެއްދުމަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އެހެންކަމުން، ޕީކް ނޫން ގަޑިތަކުގައި ކަރަންޓު ބޭނުންކުރުމަށް ބާރުއަޅައި، ކަރަންޓު ބޭނުންކުރާ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ޢަމަލުކުރުމުން ކަރަންޓު އުފެއްދުމަށް ކުރާ ޚަރަދު ކުޑަވެ، އޭގެ މަންފާ ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ.

އަދި ކަރަންޓު އިޤްތިޞާދުކޮށް ބޭނުންކުރެވޭނެ ގޮތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ރާވާފައިވާ ކަމަށް ނާޝިތު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.