ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިފްކޯއިން ބައިވެރިވެ ކުޑަގިރިއަށް 500 ގަސް ހަދިޔާ ކުރުމުގެ ތެރެއިން--- ފޮޓޯ: މިފްކޯ
ހަބަރު
23 Sep 2024 | 23:53
މިފްކޯއިން ކުޑަގިރިއަށް 500 ގަސް ހަދިޔާކޮށްފި

މިފްކޯއިން ކުޑަގިރިއަށް 500 ގަސް ހަދިޔާކޮށް، ފަސް މިލިއަން ގަސް ޕްރޮގްރާމުގައި ބައިވެރިވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިފްކޯއިން ބައިވެރިވެ، މާލެ އަތޮޅު ޕިކްނިކް އައިލެންޑް ކުޑަގިރިއަށް 500 ގަސްތައް ހަދިޔާކުރުމަށް މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުޑަގިރީގެ މެނޭޖްމަންޓާއެކު އެ ރަށުގައި ޚާއްޞަ ހަފްލާއެއް ބާއްވާފައިވެއެވެ.

މި ހަފްލާގައި މިފްކޯއިން ވަނީ ރައީސް މުޢިއްޒުގެ ތިމާވެށީގެ ސިޔާސަތުތަކަށް ތަޢުރީފުކޮށް، އެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ފުޅާކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ.

ކުޑަގިރިން ވަނީ މިފްކޯއަށް ޝުކުރު އަދާކޮށް، އެ ރަށް ފެހިކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތަފްސީލާއި، އެޗްޑީސީގެ މެނޭޖްމަންޓުން ގެންގުޅޭ ހަރުދަނާ ޕްލޭންގެ ބައެއް މަޢުލޫމާތު ހިއްސާކޮށްފައެވެ.

މިފްކޯއިން ކުޑަގިރިއަށް ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ހިޔާވަހިކަން ލިބޭ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ހިރުނދާއި ދިއްގާގެ އިތުރުން ދިވެހި ރުއްވެސް ހިމެނެއެވެ. މިފްކޯއިން އެޗްޑީސީ އާއި ކުޑަގިރީގެ މެނޭޖްމަންޓުން ދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްފައިވެއެވެ.

މީގެކުރިން، މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް ވަނީ ކުޑަގިރީގައި 1000 ގަސް އިންދުމަށް ކްލީން މޯލްޑިވްސް ޖަމްޢިއްޔާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.