އިޒްރޭލްގެ އެތެރޭގައި ނިރުބަވެރި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އަނަޑޯލު
ދުނިޔެ
23 Sep 2024 | 23:57
އިޒްރޭލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އިޒްރޭލުން ލެބަނޮނާ ދެކޮޅަށް ހަމަލާތައް ހަރުކަށިކުރުމާއެކު އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފިއެވެ.

އިޒްރޭލުގެ ސަރުކާރުން ވަނީ ސެޕްޓެމްބަރު 30 އާ ހަމައަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ. މިއީ އިޒްރޭލުން ލެބަނޮނަށް ދެމުންދާ ހަމަލާތައް އިތުރުވަމުން ދިއުމާއި، ހިޒްބުﷲއިން އިޒްރޭލަށް ރޮކެޓް ހަމަލާތައް އިތުރުކުރާނެކަމަށް ލަފާކުރެވޭތީ އެޅި ފިޔަވަޅެކެވެ.

އިޒްރޭލީ ނޫސް "ޔެދިއޮތް އަހަރޮނޮތް" އިން ބުނާ ގޮތުގައި، އިޒްރޭލުގެ ވަޒީރުން ވަނީ މުޅި ގައުމުގައި "ޚާއްޞަ ހޯމް ފްރަންޓް ހާލަތެއް" އިޢުލާންކުރުމަށް ވޯޓުދީފައެވެ. މި ވޯޓުލުން ބޭއްވުނީ ފޯނުން ކަމަށާއި، މިއީ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ ހުށަހެޅުމެއް ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މި އިޢުލާނުގެ ދަށުން، އިޒްރޭލުގެ ސިފައިންނަށް ޢާންމުންނަށް އިރުޝާދު ދިނުމުގެ ބާރު ލިބިގެންދާނެއެވެ. މީގެ ތެރޭގައި އެއްވުންތައް މަނާކުރުމާއި، ތަޢުލީމީ ހަރަކާތްތައް ކޮންޓްރޯލްކުރުމާއި، އަދި "ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އިތުރު އިރުޝާދުތައް" ދިނުން ހިމެނެއެވެ.

މި އިޢުލާނު ކުރެވުނީ ހިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމަށްވާ ޢަލީ ކަރަކީ އަވަހާރަކޮށްލުމަށް އިޒްރޭލުގެ ސިފައިން ދިން ހަމަލާއަކާ ގުޅިގެންނެވެ. އިޒްރޭލުގެ އާމީ ރޭޑިއޯއިން ބުނާ ގޮތުގައި، ބައިރޫތުގެ ދެކުނު ފަރާތުގެ ބައެއް ސަރަޙައްދުތަކަށް ދެވުނު ވައިގެ ހަމަލާތަކުގެ އަމާޒަކީ ކަރަކީއެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ލެބަނަންގެ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، ހޯމަ ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 274 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 21 ކުޑަކުދިން ހިމެނެއެވެ. އަދި 1,024 މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް އެ އިދާރާތަކުން ބުނެފައިވެއެވެ. މި ހަމަލާތަކާ ގުޅިގެން އެތައް ހާސް މީހުން ވަނީ އެމީހުންގެ ގޭގެ ދޫކޮށް ފިލައިގެން ގޮސްފައެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ މި ހަމަލާތަކާމެދު ކަންބޮޑުވުން ފާޅުކޮށް، މިދެގައުމުގެ ހަނގުރާމަ ސަރަޙައްދީ ފެންވަރަކަށް ފުޅާވެދާނެކަމުގެ އިންޒާރު ދީފައެވެ. ފާއިތުވި އޮކްޓޯބަރު 7 ން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 41,400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.