އާދަމް އާޒިމް
ހަބަރު
12 Oct 2024 | 18:32
މާލެސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ލިބޭ: މޭޔަރު އާޒިމް

މާލެސިޓީ ކައުންސިލްގައި މޭޔަރު އާދަމް އާޒިމްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފަސޭހަކުރުމަށް 15 ކޮންސަލްޓަންޓުން ތިއްބަވާކަމަށް މޭޔަރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ފެށި "ލާމަރުކަޒީ ގުޅުން" ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެމަނކުފާނަށް މިއަދު ދަތިފުޅުވާ ހަމަ އެއްވެސް ކަމެއް ނެތްކަމަށެވެ.

ކޮންސަލްޓަންޓުން ނަގަން ބޭނުންވީމައި އެކަންވެސް އެމަގުން ކުރިއަށްގެންދެވޭކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތްޕުޅުތަކަށް ފަސޭހައަކަށް މިހާރުވެސް 15 ކޮންސަލްޓަންޓުން ނުވަތަ ލަފާދޭ ފަންނީމީހުންގެ ގޮތުގައި 15 މީހަކު ތިއްބަވާކަމަށެވެ. އޭގެތެރެއިން، 14 މެމްބަރުންނަކީ މޭޔަރު އަާދަމް އާޒިމަށް ނިސްބަތްވާ އެމްޑީޕީއަށް ނިސްބަތްވާ ކޮންސަލްޓަންޓުންކަމަށް މޭޔަރު ވިދާޅުވިއެވެ.

އަނެއްގޮތަކަށް ދަތިކަމެއް އަޅުގަނޑަކަށް މިހާތަނަކަށެއް ނެތް. މިހާރު ކޮންމެވެސް ވަރަކަށް އުނދަގޫ ކަންތައްތަކެއް އަންނަހެން ހީވޭ. އެ ކަންތައްތައް ކުރަންފެށީމަ. މިހާރު އަޅުގަނޑުމެން އުޅެމުންގޮސް އެންމެފަހުން މިސްކިތްވެސް މަޑުމަޑުން ނިންމާލީ. ސަހަރާވެސް ނިންމާލީ. ދެން ހުރިހާ ބުޅާތައްގެންދާތަންވެސް އަންނަ ނޮވެމްބަރުމަހަށް ނިންމާލެވޭނެ

މޭޔަރު އާޒިމް ވިދާޅުވިއެވެ

މޭޔަރު ވިދާޅުވީ މާލެސިޓީން މާލޭގެ ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންކަން، މިނިސްޓްރީތަކުގެ ބޭފުޅުންނާއި ރަހުމަތްތެރިކަން ބަދަހިކޮށްގެން ކުރިއަށްގެންދެވޭކަމަށެވެ. ބަލަނީ ކޮންމެ ދުވަހަކީވެސް އައު ދުވަހެއް ކަމަށާއި، ކޮންމެފަދަ ކަމެއްވެސް ކުރިމަތިވެދާނޭކަމަށް ވިސްނަވާކަމަށް މޭޔަރު ވިދާޅުވިއެވެ. 

މާލެސިޓީގެ މޭޔަރުކަމުގެ މަގާމު އާދަމް އާޒިމް ކާމިޔާބުކުރައްވާފައިވަނީ، މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް އާޒިމާ ޝަކޫރާ ވާދަކޮށެވެ. އެމްޑީޕީގެ ޓިކެޓްގައި ހޮވުނު ނަމަވެސް ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ދަތިކަމެއް ނެތްކަމަށް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިގޮތުން ސަރުކާރުގެ މިނިސްޓަރުންގެ ފަރާތުން އެއްބާރުލުން ލިބިވަޑައިގަންނަވާކަމަށް މޭޔަރު ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.

މާލެސިޓީ ކައުންސިލުގައި އެމްޑީޕީއަށް ނިސްބަތްވާ 14 ކޮންސަލްޓަންޓުން ތިއްބަވާކަމަށް މޭޔަރު ވިދާޅުވިއިރު، އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ސަރުކާގެ ބާރު އޮންނަ މުއައްސަސާތަކުން ވަކިކުރާކަމުގެ ތުހުމަތު އެމްޑީޕީން އަންނަނީ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.