މަޖިލީހުގެ ރައީސް އައިޕީޔޫ ގައި
ހަބަރު
14 Oct 2024 | 22:55
ދޮގުމައުލޫމާތު ފަތުރާތީ ޑިމޮކްރަސީއަށް ގޮންޖެހުންތަކާ ކުރިމަތިވޭ: މަޖިލީހުގެ ރައީސް

ގަސްތުގައި ދޮގުމައުލޫމާތު ފަތުރަމުންދިއުމުގެ ސަބަބުން ޑިމޮކްރަސީއަށް އެކަމުގެ ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ސްވިޒަލޭންޑުގެ ޖެނިވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެންބްލީގައި ތަގުރީރުކުރައްވަމުންނެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، ދޮގު މައުލޫމާތާއި، އަސްލެއްނެތް ވާހަކަތައް ފެތުރުމަކީ އެކަމުގެ ސަބަބުން ޑިމޮކްރަސީއަށް ގޮންޖެހުންތައް ކުރިމަތިލާންޖެހޭ ކަމެއް ކަމަށާއި، އެކަމުން ސަލާމަތްވުމުގައި ޤާނޫނު ހަދާ މަޖިލީހުގެ ރޯލެއް އެބައޮތް ކަމަށެވެ. އެގޮތުގެ މަތިން އެފަދަ ގޮންޖެހުންތަކުން ރައްކާތެރިވުމަށްޓަކައި އައު އީޖާދުތައް އެކުލަވާލައި، އެކަމަށް ބޭނުންވާ ޤަވާއިދުތައް އެކުލަވާލުމުގެ މުހިއްމުކަން ބޮޑުކަމަށެވެ. 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށް ޒަމާނީ ޓެކްނޮލޮޖީގެ ތަރައްޤީއަށް ވާސިލްވުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ. އެކަމަށް ސަރުކާރުން ސިޔާސަތުތަކެއް އެކުލަވާލައި ކަނޑައެޅިފައިވާ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އައިޕީޔޫގެ 149 ވަނަ އެސެންބްލީގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅު

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށާއި، ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ތަރައްޤީ އާއި ތަހުޒީބުކަން ގެނައުމަށް ޒަމާނީ ޓެކްނޮލޮޖީގެ މުހިއްމުކަން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.