ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ : ފޮޓޯ/ މަޖިލިސް
ހަބަރު
15 Oct 2024 | 11:47
ވައްކަމާ ކޮރަޕްޝަން މި ސަރުކާރު ތެރޭ އޮތީ އިންތިހާއަށް؛ އެމްޑީޕީ ސަރުކާރުންވެސް ކުރި: އަބްދުލްޣަފޫރު

ހުރިހާ ސަރުކާރަކުންވެސް ވައްކަން ކުރާ ކަމަށާ އެމްޑީޕީ ސަރުކާރުންވެސް އެކަން ކުރި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ތުހުމަތުކުރައްވައިފިއެވެ.

ޣަފޫރު ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދުނިޔެ އޮތް އިރު ޓެކްސް ބޮޑުކުރުމުން ރާއްޖޭގެ އިގްތިޞާދަށް ވާނެ ގޮތާމެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ލިބޭ އާމްދަނީ ކުރިއަށްވުރެ 15 ޕަސެންޓް މަތީގައި އޮތްއިރު، ޚާއްސަކޮށް ޓޫރިޒަމުން ލިބޭ އާމްދަނީ އޮތީ ބޮޑުތަނުން އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގައުމުގެ އިގްތިސޯދުގައި އެއްވެސް މައްސަލައެއް ނެތް. ދައުލަތަށް ވަންނަ ލާރީގަ އެއްވެސް މައްސަލައެއްް ނެތް. އެހެންނަމަވެސް ދައުލަތުގެ ޚަރަދުތައް ހަމަނުޖެހޭތަން އަޅުގަނޑުމެންނަށް ފެންނަނީ. ދެހާހަށް ވުރެ މަތީގައި ހުރީ ސިޔާސީ ވަޒީފާތައް. ހަމައެހެންމެ، ދައުލަތުގެ ކުންފުނިތަކުގެ އާމްދަނީ މިއަދު ވަނީ 15 ޕަސެންޓަށް ދަށްވެފައި. ދައުލަތުގެ ކުންފުނިތަކަށް 6000އަށްވުރެ ގިނަ މުވައްޒަފުން އިތުރުކޮށްފި. ރައްޔިތުން ކައިރީގައި ބުނީ މަތިބަރު ނޫން ހެޔޮލަފާ ސަރުކާރެކޭ ތިމަންނާމެން ގެންނާނީ " ޣަފޫރު ވިދާޅުވިއެވެ.

މިއާއެކު ޣަފޫރު ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ގޯސްކޮށް ކަމެއް ކޮށްފިއްޔާ ވާނީ ގޯސްކަމަކަށް ކަމަށެވެ. އަދި މި ސަރުކާރާމެދު ރައްޔިތުންގެ އުންމީދުތައް ވަރަށް ބޮޑު ނަމަވެސް، ސަރުކާރުގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންނުވާ ގިނަ ކަންކަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވައްކަމާއި ކޮރަޕްޝަން ސަރުކާރު ތެރޭ އޮތީ އިންތިހާއަށް. ރޯމާ ދުވާލު ވައްކަންކުރަމުން އެދަނީ. އަޅުގަނޑު ނުދަންނަވަން އެމްޑީޕީ ސަރުކާރުން ނުކުރެއެކޭ. ކުރި. ސަރުކާރެއް އޮތުމުގެ ބޭނުމަކީ މިކަންކަން ހުއްޓުވުން. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެއް ސަރުކާރުން އަނެއް ސަރުކާރު ބަދަލުވެގެން ގޮސް އަނެއްކާވެސް އަންނަ ސަރުކާރުން ކޮރަޕްޝަނާ ފަސާދަ އިތުރުވެގެން ގޮސް ދައުލަތުން ނުކަތާ ވަރުގެ ޚަރަދުތައް ހިނގާތަން. ރައްޔިތުންނަށް މި ހުރިހާ ތަކުލީފެއް އަންނަމުން މިދަނީ،"

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ 

ފަތުރުވެރިން އަތުންވެސް ޓެކްސް ނަގަން ވާނީ ވަކިވަރަކަށް ކަން ފާހަގަކުރައްވައި ޣަފޫރު އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގެ ދިރިއުޅުމުގެ ހާލަތަކީ ދަށް ހާލަތެއް ކަމަށާއި ޓެކްސްގެ ނިޒާމު ބޮޑުކުރަން ކިޔައި، ޓެކްސް ނުނަގާ ކަންކަމުން ޓެކްސް ނެގުމާއި އިތުރަށް ޓެކްސް ބޮޑުކުރަން ޖެހުމަކީ އެއީ މިއަދު ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ