މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް): ފޮޓޯ/ މަޖިލިސް
ހަބަރު
16 Oct 2024 | 13:09
މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގާ: ސިޔާމް

މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު އަހުމަދު ސިޔާމް (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. 

ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކްސް އަދި ގްރީން ޓެކްސް ބޮޑުކުރަން ސަރުކާރުން  ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން، ސިޔާމް ވިދާޅުވީ، ރާއްޖޭގެ ޓެކްސް މިހާރުވެސް ވަރަށް ބޮޑު ކަމަށެވެ. 

އެގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދުބާއި، ސިންގަޕޫރު ފަދަ ގައުމު ތަކުގައި ނަގަމުންދާ ޓެކްސްއަށްވުރެ ރާއްޖޭގައި ނަގަމުންދާ ޓެކްސް ބޮޑު ކަމަށެވެ. 

މިހެން އަޅުގަނޑުމެން ޓެކސް ނަގާ ކަމަށް ވަންޏާ ރާއްޖޭގެ އިގްތިޞާދު ހަލާކުވެގެން ހިނގައިދާނެ. ނިކަމެތިވެގެން ހިނގައިދާނެ. ޓެކްސް ނަގަނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ، ރައްޔިތުންގެ ފައިދާއަށް. އަޅުގަނޑުމެން މިހާރުވެސް އެބަ ޓެކސް ނަގަމު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް. އަޅުގަނޑުމެންނަށް 5 ބިލިއަން ޑޮލަރު އެބަލިބޭ ޓެކްސްގެ ގޮތުގައި. އެއަށްވުރެވެސް ގިނަ

މިއާއެކު ސިޔާމް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައިވެސް ޓެކްސް އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުކުރަމުން އައިސްފައިވާ ކަމަށެވެ. އަދި، ޓެކްސް ނަގަމުން ގޮސް މިއަދު ރާއްޖެ ވެފައިވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމުތަކުގެ ތެރޭގައި ކަމަށް ސިޔާމް ވިދާޅުވިއެވެ.

”މި ގައުމަށް ލާރި ވެސް ލިބޭ. މި ގައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ ހަގީގަތުގައި ބުނާނަމަ އެންމެ މުއްސަނދި ގައުމު ވެސް މެ، ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާނަމަ،" ސިޔާމް ވިދާޅުވިއެވެ. 

ސިޔާމް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޓެކްސްގެ ގޮތުގައި 5 ބިލިއަން ޑޮލަރު ލިބޭ ނަމަ، އޭގެ ތެރެއިން 2 ބިލިއަން ޑޮލަރު ”ކަނޑަށް އަޅާލާ“ ކަމަށެވެ. އަދި އިތުރަށް 10 ގުނައަށް ޓެކްސް ދެއްކިޔަސް ނުވަތަ 100 ގުނަ ޖެއްސިޔަސް، 1،000 ގުނަ ޖެއްސިޔަސް އެއަކުން ކުރާނެ ރާހަތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކުރަން އޮތް ކަމަކީ ޚަރަދު ކުޑަކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.