އިމިގްރޭޝަންގެ އޮޕަރޭޝަނެއްގެ ތެރެއިން: ފޮޓޯ/ އިމިގްރޭޝަން
ހަބަރު
17 Oct 2024 | 11:04
އިމިގްރޭޝަން ވޮޗަށް މިހާތަނަށް 840 މައްސަލަ؛ ގިނައީ ގަވާއިދާ ހިލާފު ވިޔަފާރިތަކާ ގުޅޭ މައްސަލަ

ބިދޭސީންނާ ގުޅޭ މައްސަލަތައް އާއްމުންގެ ފަރާތުން ރިޕޯޓުކުރަން އިމިގްރޭޝަނުން ތައާރަފުކުރި އިމިގްރޭޝަން ވޮޗަށް 840 މައްސަލަ މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެ އިދާރާއަށް މިހާތަނަށް ހުށަހެޅުނު 840 މައްސަލައިގެ ތެރެއިން، އެންމެ ގިނައީ  ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތަކާ ގުޅޭ މައްސަލަތަކެވެ. އެއީ 221 މައްސަލަ އެވެ.

ދެވަނައަށް އެންމެ ގިނައީ ވޯކް ވިސާއާ ގުޅޭ މައްސަލަތަކެވެ. އެ ފަދަ 206 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި؛

- ހަށިވިއްކުމާ ގުޅޭ 50 މައްސަލަ

ބްލެކް މާކެޓުގައި ޑޮލަރު ވިއްކުމާ ގުޅޭ 7 މައްސަލަ

ޓޫރިސްޓް ވިސާއާ ހިލާފުވުމުގެ 10 މައްސަލަ

ބިދޭސީން ގެންނަ މީހުން ގަވާއިދާ ހިލާފުވެގެން 9 މައްސަލަ

ލިޔެކިޔުންތައް އޮޅުވާލުމުގެ 2 މައްސަލަ

ޑުރަގު ޓްރެފިކްކުރުމުގެ 9 މައްސަލަ

އިންސާނީ ވަގުފާރީގެ 7 މައްސަލަ

ގެއްލިގެން ހޯދާ މީހުންނާ ގުޅޭ 32 މައްސަލަ

ގަވާއިދާ ހިލާފަށް އެތެރެވާން އުޅޭކަމުގެ 3 މައްސަލަ

އެހެނިހެން 40 މައްސަލަ

އިމިގްރޭޝަނަށް ހުށަހެޅުނު 840 މައްސަލަ ތަކުގެ ތެރެއިން އެ އުދާރާއިން އެޓެންޑްވެފައިވަނީ، 596 މައްސަލައެވެ.އޭގެ ތެރެއިން 70 މައްސަލައެއް ވެރިފައިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 174 މައްސަލައެއް ބަލައިނުގަނެއެވެ.

"އިމިގްރޭޝަން ވޮޗް" އިފުތިތާހުކުރީ މިދިޔަ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.

އިމިގްޜޭޝަން ވޮޗްގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ޤާނޫނުތައް ދެމެހެއްޓުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރާ ބިދޭސީން ދެނެގަތުމާއި، އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓުކުރުން ވަނީ ފަސޭހަވެގެން ގޮސްފައެވެ. 

އިމްގްރޭޝަނުން ކުރިން މައުލޫމާތު ދިންގޮތުގައި، "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމުން ރިޕޯޓުކުރާ ފަރާތާއި މައްސަލައިގެ ސިއްރިއްޔާތު ދެމެހެއްޓޭނެއެވެ. އެގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތުގެ މަޢުލޫމާތު ހާމަނުކޮށްވެސް ރިޕޯޓުކުރެވޭނެ ކަމަށާއި އާންމުންނަށް މުހިންމު މަޢުލޫމާތު ހިއްސާކޮށް ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އިމިގްރޭޝާނުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ