ޑްރަގް ނެޓްވޯކްގެ މައްސަލާގައި ޖަލަށް ލާން ހުކުމް ކުރި މީހުން: ފޮޓޯ/ ޕޮލިސް
ހަބަރު
17 Oct 2024 | 11:48
ޑްރަގް ނެޓްވޯކެއް ހިންގި ހަތަރު މީހަކު 25 އަހަރަށް ޖަލަށް

މާލޭ ސަރަހައްދުގައި ޑްރަގް ނެޓްވޯކެއް ހިންގަމުން ދިޔަ ހަތަރު މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ގދ. ތިނަދޫ، ތަންގަލް، ހަސަން ލޫތު އާއި، ހުޅުމާލެ، ފްލެޓް 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފާއި، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް އެވެ.

އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި މި ހަތަރު މީހުންނަށް 25 އަހަރުގެ ޖަލު ހުކުމް އިއްވައި، ޖޫރިމަނާވެސް ކޮށްފައިވެއެވެ.

އެގޮތުން، ހަސަން ލޫތު ދެ މިލިއަން ރުފިޔާއިން، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.

މި މީހުންގެ މައްޗަށް ދައުލަތުން ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާވެސް ކޮށްފަ އެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 ޖަނަވަރީ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

އެގޮތުން، މިމީހުންގެ ތެރެއިން ލޫތު ހައްޔަރުކޮށްފައިވަނީ މާލެ، ގ. ނީ އިންނެވެ. ފުލުހުން އެތަން ބަލައި ފާސްކުރުމުގެ ތެރެއިން 33.196 ގްރާމްގެ ޑައިމޯފިން އާއި އޭނާ ދިރިއުޅޭ ކޮޓަރިން 1،466،000 ރުފިޔާ ހޯދާފައިވެ އެވެ.

މައްސަލައިގައި ހިމެނޭ ހަސަން ރަޝީދު މއ. ހަނީސަކްލް ހައްޔަރުކުރިއިރު އޭނާ ބަލައި ފާސްކުރުމުގެ ތެރެއިން ވާތް ފަރާތު ޖީބުން 14.6735 ގްރާމްގެ ޑައިމޯފިން ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް މ. ރޭއަލިވާގޭގައި ހިންގާ "ރޭއަލި" ގެސްޓްހައުސްގެ ތެރެއިން ހައްޔަރުކުރި އިރު، ގެސްޓްހައުސްގައި އެމީހުން ތިބި 402 ނަންބަރު ކޮޓަރި ތެރެއިން 6.5882 ގްރާމް ޑައިމޯފިންއާއި، 76،675 ރުފިޔާ ފުލުހުން ހޯދާފައިވެ އެވެ.

ބަލައި ފާސްކުރުމުގެ ތެރޭގައި ލޫތުގެ ކޮޓަރިން ފެނުނު 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ގެސްޓްހައުސް ތެރެއިން ފެނުނު 76،675 ރުފިޔާއަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމުގައިވެސް އިއްޔެ ވަނީ ކޯޓުން ކަނޑައަޅާފައެވެ. އަދި އެފައިސާ ދައުލަތަށް ނެގުމަށް ވަނީ ހުކުމް ކޮށްފައެޗެ. މިފަދައިން ކޯޓުން ނިންމީ އެ ފައުސާ ލިބިފައިވަނީ ކިހިނެތް ސުވާލުކުރުމުން އެ ފައިސާ ހޯދި ގޮތް އެ މީހުން ބުނެދީފައި ނުވާތީ ކަމަށް ހުކުމްގައިވެ އެވެ.

މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 މާރިޗު 10 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ