އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
17 Oct 2024 | 13:02
އުރަމަތީގެ ކެންސަރަށް، ގަވާއިދުން ސްކްރީން ކުރުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި

އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވައިދުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ. 

އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ އުރަމަތީގެ ކެންސަރަށް ދިވެހި މުޖުތަމަޢު ހޭލުންތެރިކުރުވައި، އެ ބާވަތުގެ ކެންސަރު ޖެހޭ މިންވަރު މަދު ކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ކެންސަރު ހުރިތޯ ސްކްރީން ކުރުމަށް ވީހާވެސް އަވަހަށް މެމޮގްރާމެއް ހެއްދުން މުހިންމުކަމަށް ވިދާޅުވިއެވެ.

"އުރަމަތީގެ ކެންސަރަށް ޓެސްޓްކުރެވެނީ 40 އަހަރުގެ މަތީގެ އަންހެނުންނަށް. އެހެންވީމަ އަޅުގަނޑު ގޮވާލަން ހުރިހާ ދިވެހި އަންހެނުންނަށް މެމޮގްރާމެއް ހައްދަން. އަވަހަށް އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަނެވިއްޖެނަމަ، އަވަސް ފަރުވާއިން ބަލިން ފަސޭހަވާ މިންވަރު ބޮޑުވޭ" ސާޖިދާ ވިދާޅުވިއެވެ.

މިއާއެކު ސާޖިދާ ވިދާޅުވީ މިހާރު އައިޖީއެމްއެޗްގައިވެސް ތްރީޑީ މެމޮގްރާމް ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާ، އެކަމަށްޓަކައި ރާއްޖެއިން ބޭރަށް ދާން ނުޖެހޭ ކަމަށެވެ. އަދި ކެންސަރު ބަލީގެ މީހުންނަށް ދެވޭ ކީމޯތެރަޕީގެ ހިދުމަތްވެސް ރާއްޖެ އިން ލިބެން ހުރިކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމަކީ އެސްޓީއޯ މެޑިކަލް ސާވިސަސްއާއި އައިޖީއެމްއެޗް އަދި އެސްޓްރާ ޒެނެކާއާ ގުޅިގެން ކުރިއަށް ގެންދާ ސިމްޕޯޒިއަމެކެވެ.

މީގެ ކުރިން މިފަދަ ހަތަރު ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޮމެންޓް
އިއްބެ
ތިޔަހެންވުދާޅުވުން ވަރަށްފަސޭހަ އެކަމަކު ކަމެއްކުރެވެނީ އެޕޮއިންޓުމެންޓުހައްދައިގެންއެއްމެއަވަސްވެގެން 6 މަސްފަހުން
17 Oct 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.