މީގެކުރިން އައްޑޫ ސިޓީ ލިންކް ރޯޑަށް އުދަ އަރާފައި.. ފޮޓޯ/އައްޑޫލައިވް
ހަބަރު
17 Oct 2024 | 11:48
ކ އަތޮޅުން ފެށިގެން އައްޑޫސިޓީގެ ރަށްތަކަށް، އުދަ އަރާފާނެކަމަށް ލަފާކޮށްފި

ކ.އަތޮޅުން ފެށިގެން އައްޑޫސިޓީގެ ރަށްތަކާ ހަމަޔަށް އުދައަރާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނީ، މިއަދުގެ މެންދުރުފަހު 15:30 ހަމަޔަށް ކ އަތޮޅުން ފެށިގެން އައްޑޫ ސަރަހައްދަށް އުދައަރާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވަނީ، އުދަ އަރާނޭކަމަށް ލަފާކޮށް އެހިސާބަށް ހުދު ސަމާލު ނެރެފައެވެ.

އުދަ އަރާނޭކަމަށް ލަފާކުރެވެނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައެވެ.

މީގެ ކުރީ އަހަރުތަކުގެ ހުޅަނގު މޫސުމުގައިވެސް އައްޑޫސިޓީގެ ބައެއް ރަށްތަކަށް ވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، ގެއްލުންތައް ލިބިފައެވެ.

ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ހިތަ ނަކަތުގެ އެންމެ ފަހު ދުވަހެވެ. މާދަމާ ފެށޭނީ ހެއި ނަކަތެވެ. މި ނަކަތް ކުރިއަށްދާނީ އޮކްޓޯބަރުމަހުގެ ނިޔަލަށެވެ. ހެއި ނަކަތަކީ ވައި އެނބުރޭ ނަކަތެވެ. މި ނަކަތުގައި ވައި ޖެހޭކަށް ވަކި ކޮޅެއް  ނޯވެއެވެ.

މި ނަކަތުގައި ޢާންމުކޮށް ވައި ހުންނާނީ ހުޅަނގުގައެވެ. އިހުގެ ނަކަތްތެރިންގެ ފަރާތުން އައިސްފައިވާ ގޮތުގައި މި ނަކަތުގައި މަސްވެރިކަން ރަނގަޅުވެފައި ބޭނޭ މަހުގެ ސައިޒު ބޮޑުވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Aug 2026
ޑީއެންއޭ ޓެސްޓަކުން، ދެ އެކުވެރިންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަން ހާމަވެއްޖެ
މީނާ ގެލްޓިންކް (43 އަހަރު) އަދި މިނާލް ޓިޖްސަން (44 އަހަރު) އަކީ ތުއްތުއިރު އިންޑިއާގެ ޔަތީމުޚާނާއަކަށް ދޫކޮށްލާފައި ތިއްބާ، ނެދަލޭންޑްސްގެ ދެ އާއިލާއަކުން ބަލައިގަނެގެން އެ ގައުމުގައި ބޮޑުވި ދެމީހުންނެވެ. އެމީހުން ބޮޑުވަމުން އައީ އެކަކު އަނެކަކާ މާ ދުރު ނޫން ސަރަހައްދުތަކެއްގައެވެ.
14 Aug 2026
ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، އެ އޮތޯރިޓީން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ.
14 Aug 2026
ޑރ. ހައްމާދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ހުރި ފުރަތަމަ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް އަލުން އެ ހޮސްޕިޓަލުގެ ޓީމާ ގުޅިފައިވާ ކަމަށެވެ.
14 Aug 2026
ސުންނަތަކީ ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ހީކުރުމަކީ ބޮޑު އޮޅުމެއް
އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެއެވެ.
14 Aug 2026
ރައީސަށް ޝަކުވާ: ސުކޫލުތަކުގެ ފާހާނަތައް ހަޑި، ޑެސްކުތަކުގައި ހުތުރު އެއްޗެހި ލިޔެފައި
ރައީސް ވަނީ އެކަންކަން އެހެން ވެގެން ނުވާނެކަން ފާހަގަކޮށް އެ މައްސަލަތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
14 Aug 2026
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.
14 Aug 2026
ސިގްނަލްތައް ރަތްވެއްޖެ. ރައްޔިތުން ދުށް ހުވަފެންތައް ބިލާހަކަށްވެ ނިމިއްޖެ: ޝާހިދު
ޝާހިދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭންބުނި ހަމަ އެއްވެސް ކަމެއް ހާސިލްނުވި ނަމަށާއި ނަތީޖާއަކީ މިއަދު ރައްޔިތުންނަށް އެތައް ގޮތަކުން ދަތިވުންކަމަށެވެ
14 Aug 2026
ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ތަފާތުވާނެ
ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން އެންމެން އެކުގައި ކުރާ މަސައްކަތުން ނުކުންނަ ނަތީޖާ ބޮޑުތަނުން ރަނގަޅުވާނެ ކަމުގައި ކަމުގައި އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޢަލީ ޒަހީރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.